Last Updated: June 6, 11:02
Saturday, June 6, 2026
ޚަބަރު

ޖޭޕީއާ ނުލައި ކާމިޔާބު ނުހޯދޭނެ: ސަމީރު

ޖުމްހޫރީ ޕާޓީ އާއި ނުލައި އެއްވެސް ބަޔަކަށް ރިޔާސީ އިންތިޚާބުގައި ކާމިޔާބެއް ނުހޯދޭނެ ކަމަށް އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

'ރާއްޖެ އެމްވީ' އަށް ދެއްވި އިންޓަވިއު އެއްގައި ސަމީރު ވިދާޅުވެފައި ވަނީ، އިންތިޚާބަށް އެކަނި ނުކުމެވޭ ހާލަތަށް ޖުމްހޫރީ ޕާޓީ އޮތީ "ދޮންވެ ފައްކާވެފައި" ކަމަށެވެ.

މީގެ އިތުރުން ޖޭޕީގެ "ކެޕޭސިޓީ އާއި މެދު ސުވާލެއް ނެތް" ކަމަށް ވެސް ސަމީރު ވަނީ ވިދާޅުވެފައެވެ. އެެހެން ނަމަވެސް ޖޭޕީގެ ވިސްނުމާއި މައިގަނޑު މަގްސަދަކީ ގުޅިގެން އެކުގައި ކުރިއަށް ދިއުން ކަމަށް ސަމީރު ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އަމިއްލަފުޅަށް އެކުލަވާލި ހިޔަނި ކެބިނެޓްގައި އެމްޑީޕީ ހިމަނާފައި ނުވާތީ އެމްޑީޕީގެ މެންބަރުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

އެ ފާޑުކިޔުންތަކަށް ނުސީދާ ގޮތެއްގައި ރައްދު ދެއްވަމުން ސަމީރު ވިދާޅުވީ، "އެއްބަޔަކު ބޮޑާވެފައި އަޅުގަނޑުމެންނަށް މިކަން ވާން އެބައޮތޭ ބުންޏަސް އެހެން ވާން ނެތް" ކަމަށެވެ.

ބ