އެމްޑީޕީން މިއަދު ހަވީރު އިންތިޒާމު ކުރި ޖަޒީރާ ރައީސް ދުވުމަށް ފުލުހުން ހުރަސް އަޅައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަޠީފު އާއި އިތުރު މެމްބަރުންތަކެއް ހައްޔަރުކޮށްފިއެވެ.
މާފަންނު ޓްރެކް ސަރަހައްދުން ފަށަން ނިންމި ދުވުން ފެށުމުގެ ކުރިން ޓްރެކް ވަނީ ޔޫތު މިނިސްޓްރީން ބަންދުކޮށްފައެވެ.
MDP’s Chairperson @HassanLatheef, Deputy Chairperson @ali_niya and I have been arrested from #JazeeraRun pic.twitter.com/SLIcImIinU
— Mickail Naseem ? (@MickailNaseem) June 22, 2018
އެމްޑީޕީން ބުނީ ދުވުން ފެށުމާއި އެކު އެޕާޓީގެ ޗެއާޕާސަން ހަސަން ލަޠީފު އާއި ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒްގެ އިތުރުން ޒުވާނުންގެ ރައީސް މީކާއިލް ނަސީމް ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެމްޑީޕީން ބުނީ ދުވުމަށް ފުލުހުން ހުރަސް އެޅި ނަމަވެސް ކަނޑައެޅި މަންޒިލާއި ހަމައަށް ދުވުން ކުރިއަށްގެންގޮސް ނިންމާލާފައިވާ ކަަމަށެވެ.