Last Updated: June 6, 11:02
Saturday, June 6, 2026
ޚަބަރު

ސޭޓަށް ވަޅިން ބިރުދައްކައި ފައިސާތަކެއް ފޭރިގެންފި

ހިތަދޫ "ފްރިކުއެންސީ 2" ފިހާރަ. މި ފިހާރައިގެ ސޭޓަށް ވަޅިން ބިރުދެއްކުމަށް ފަހު ފައިސާތަކެއް ވަނީ ފޭރިގެންފައި.

އައްޑޫ ސިޓީ ހިތަދޫ ފިހާރައެއްގެ ސޭޓަށް ވަޅިން ބިރު ދެއްކުމަށް ފަހު ފައިސާތަކެއް ފޭރިގެންފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސޭޓަށް ވަޅިން ބިރުދައްކައި ފައިސާތަކެއް ފޭރިގެންފައި ވަނީ ހިތަދޫ "ފްރިކުއެންސީ 2" ކިޔާ ފިހާރައަކުންނެވެ.

އެ ފިހާރަ އިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި، ފިހާރައިގެ ސޭޓަށް ވަޅިން ބިރުދެއްކި މީހާ ހުރީ މޫނު ނިވާކޮށްގެންނެވެ. އޭނާ ބުނިގޮތުގައި ވަޅިން ބިރު ދެއްކުމަށް ފަހު ފިހާރައިގެ ވަތްގަނޑުގައި އެވަގުތު ހުރި ފައިސާތައް ފޭރިގެންފައިވާ ކަމަށެވެ.

ފިހާރައިން ފޭރިގަތް ވަގުތު ފިހާރައިގައި ހުރީ ސޭޓު އެކަންޏެވެ. ފޭރުމުގެ މިހާދިސާގައި އޭނާއަށް އެއްވެސް އަނިޔާއެއް ވެފައެއް ނުވެއެވެ.

މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުން ވަނީ ފިހާރައަށް ގޮސް އެތަނުގެ ސޭޓާއި އެވަގުތު އެހިސާބުގަނޑުގައި ތިބި މީހުންގެ ބަޔާން ވެސް ނަގާފައެވެ.

ފޭރުމުގެ މި ހާދިސާ އާއި ބެހޭގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.