Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

ދަނގަޑޭ ޓީސީ އަށް

ނިއުރޭޑިއަންޓާ ވަކިވެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަނގަޑޭ) ޓީސީ ސްޕޯޓްސް ކްލަބް އާއި ގުޅިއްޖެއެވެ.

މުސާރަ ނުލިބި އިތުރު އެއްވެސް ގޮތެއް ނެތިގެން ނިއުރޭޑިއަންޓާއި އެކު ހަދާފައިވާ ކޮންޓްރެކްޓް ބާޠިލް ކޮށްދިނުމަށް އެދި ދަނގަޑޭ އެފްއޭއެމްއަށް ހުށަހެޅުން ނިއުއިން ވަނީ އެގްރިމެންޓް ބާޠިލްކޮށްފައެވެ.

ދަނގަޑޭ ބުނީ ނިއު އާއި އެކު މިއަހަރަށް ހެދި ކޮންޓްރެކްޓްގެ ތެރެއިން މިހާތަނަށް ލިބިފައިވަނީ 10 ޕަސެންޓް ފައިސާ ކަމަށެވެ.

މިރޭ ދަނގަޑޭ ޓީސީ އާއި ގުޅިފައިވާއިރު އޭނާ ޓީސީ އާއި ގުޅުނީ ކިހާވަރެއްގެ އަގަކަށްކަމެއް އަދި ސާފެއް ނުވެއެވެ.

ޓީސީގެ ކޯޗު ނިޒަމްބެ މީގެ ކުރިން ބުނެފައިވަނީ ދަނގަޑޭ ލިބޭ ނަމަ ޓީމަށް އޭނާ ގެނައުމަށް ވަރަށް ބޮޑަށް އެދޭކަމަށެވެ.