Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

ޖޭޕީގެ ނައިބް ލީޑަރުން އިންތިހާބުކޮށްފި

ޖުމްހުރީ ޕާޓީގެ އާ ހަތަރު ނައިބް ލީޑަރުން އިންތިހާބުކޮށްފިއެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ކުރިއަށްދާ އެޕާޓީގެ ކޮންގްރެސްގައި ނައިބް ލީޑަރުކަމަށް 5 ބޭފުޅަކު ކުރިމަތިލެއްވިއެވެ. އެއީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ އަމީން އިބްރާހިމް އާއި، މިހާރުވެސް ނައިބް ލީޑަރަކަށް ހުންނެވި އަބްދުﷲ ކަމާލުއްދީން އާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ އަބްދުﷲ އަމީންގެ އިތުރުން ކުރީގެ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ފަޔާޒު (އެފްއޭ) އާއި ޑރ. ހުސެއިން ރަޝީދު ހަސަންއެވެ.

ރޭ ފަތިހު ބޭއްވި ވޯޓުލުން ކާމިޔާބުކޮށްފައިވަނީ އަމީން އިބްރާހިމް އާއި އަބްދުﷲ އަމީންގެ އިތުރުން ޑރ. ހަސަން ރަޝީދު އާއި އެފްއޭއެވެ. ވޯޓުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ ދާދި ފަހުން އެޕާޓީ އާއި އަލަށް ގުޅުނު އަބްދުﷲ އަމީންއެވެ. އަމީންއަށް 237 ވޯޓު ލިބިވަޑައިގެންނެވި އިރު އަމީން އިބްރާހިމްއަށް ލިބި ލެއްވީ 227 ވޯޓެވެ. ޑރ. ހަސަން އަށް 224 ވޯޓު ލިބިލެއްވި އިރު އެފްއޭ ވަނީ 167 ވޯޓު ހޯއްދަވާފައެވެ.

މިހާރުވެސް ނައިބް ލީޑަރުކަން ފުރުއްވަމުން ގެންދަވާ އަބްދުﷲ ކަމާލުއްދީން ވަނީ 106 ވޯޓާއި އެކު ނައިބް ލީޑަރުކަން ގެއްލިފައެވެ.

ރޭ ވަނީ ޕާޓީގެ އަލަށް އުފެއްދި ރައީސްގެ މަގާމަށް ދާދި ފަހުން އެމްޑީޕީން ވަކިވި އެޕާޓީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ހޮއްވަވާފައެވެ.