Last Updated: April 24, 19:12
Wednesday, April 24, 2024
ޚަބަރު

އިންޑިއާގެ ކާޑުގެ ކޯޓާ ވަރަށް ބޮޑަށް ކުޑަކޮށްފި

އިންޑިއާއިން ރާއްޖެއަށް ދޫކޮށްފައިވާ ކާޑުގެ ބާވަތްތައް އެތެރެކުރުމުގެ ކޯޓާ ވަރަށް ބޮޑަށް ކުޑަކޮށްފިއެވެ.

އިންޑިއާގެ ނޫހެއްކަމަށްވާ "ދަ ވަޔާ"އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެންމެ ބޮޑަށް ދަށްކޮށްފައިވަނީ ހަނޑު ހަކުރު، އަދި ފުށައް ދޫކޮށްފައިވާ ކޯޓާއެވެ.

އެނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ކުރިން 59،442.17 ޓަނުގެ ފުށް އެތެރެ ކުރި ނަމަވެސް ދެން ދޫކުރާނީ 946.21 ޓަނު ފުށެެވެ. އެއީ 98.4 ޕަސެންޓް ދަށް އަދަދެކެވެ.

މީގެ އިތުރުން ހަކުރުވަނީ 338.47 ޓަނަށް ދަށްކޮށްފައެވެ. ކުރިން ހަކުރަށް ދޫކޮށްފައިވަނީ 11،706.3 ޓަނެވެ. ހަނޑޫ ވަނީ 24،581.07 އަށް ދަށްކޮށްފައެވެ.

ދަވަޔާއިން ބުނެފައިވަނީ އެ ބަދަލު ގެނެސްފައިވަނީ ފާއިތުވި ތިން އަހަރުގެ މުއްދަތުގައި ރާއްޖެއިން ކާޑުގެ ބާވައްތައް ބޭރު ކުރި ނިސްބަތަށް ބަލައިގެން ކަމަށެވެ. އަދި މި ބަދަލު ގެނައީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށްވެސް ނޫހުގައި ވެއެވެ.

އިންޑިއާ އާއި ރާއްޖެ ދެމެދު 1981 ވަނަ އަހަރު ކުރެވިފައިވާ ވިޔަފާރީގެ ގުޅުމުގެ އެއްބަސްވުމުގެ ދަށުން އިންޑިއާ އިން ކޯޓާ ކަނޑައަޅަނީ ރާއްޖެ އިން ބޭނުންވެގެން ހުށަހަޅާ މިންވަރަކަށް ބެލުމަށް ފަހު ކަމަށް ދަ ވަޔާ ނޫހުގައި ރިޕޯޓު ކޮށްފައި ވެ އެވެ.