Last Updated: June 13, 02:24
Saturday, June 13, 2026
ރިޕޯޓް

ޕީޕީއެން "ދޮރުން ދުރަށްދޭ"

ވެރިކަން ކުރާ ޕާޓީ ޕީޕީއެމްއިން ރިޔާސީ އިންތިހާބަށް "ދޮރުން ދޮރަށް" ހިނގަން ފެށުމުން ބައެއް ރައްޔިތުން "ދޮރުން ދޮރަށް" ހިނގާ ގްރޫޕުތަކަށް ފާޑު ކިޔަން ފަށައިފިއެވެ.

ޕީޕީއެމްގެ މި ހަރަކާތަށް ފާޑު ކިޔައި ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ބުނެފައިވަނީ ޕީޕީއެމްއިން ހިނގަން ޖެހެނީ "ދޮރުން ދުރަށް" ކަމަށެވެ. އެގޮތުން ހިޔާލު ފާޅުކުރި ބައެއް މީހުން ބުނެފައިވަނީ ގޭތެރޭ ގެންގުޅޭ އަގުބޮޑު ތަކެތު ފެންނަ ހިސާބުގައި ނުބެހެއްޓުމަށް އިލްތިމާސް ކޮށްފައެވެ.

ޕީޕީއެމް "ގޯއްޗަށް" ހިނގަން ފެށި ފަހުން މިހާތަނަށް ދެ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައެވެ. ދެ ވީޑިއޯއިން ވެސް ފެންނަނީ މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރަށް އާއްމު ރައްޔިތުން ސަރުކާރު ދެކެ ރުޅިއައިސް ހިތް ހަމަ ނުޖެހި ތިބެ އެއްޗެހި ކިޔާ މަންޒަރެވެ.

އެގޮތުން މަލޭގެ އެއްގޭގެ ބޭރުގައި އެގޭގެ މީހުން މުހައްމަދު ސައީދުއަށް ރައްދު ދީފައިވާ އިރު އިއްޔެ އަންހެން ބޭފުޅަކުވެސް ވަނީ މުހައްމަދު ސައީދު އެބޭފުޅާގެ ގޭގެ ސިޓިން ރޫމުގައި ބަހައްޓައިގެން ހިތުގައި ހުރި ހުރިހާ އުދާސްތަކެއް ބަންޑުންކޮށްފައެވެ.

އެގޮތުން ރާއްޖޭގެ ކޯޓުތަކުގައި މިހާރު ކުރިއަށްދާ ޝަރިއަތްތަކާއި، އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އަލީ ހަމީދު އާއި ކާނަލް ނާޒިމް ކޮބައިތޯ ސުވާލު ކުރެއެވެ. މި ވާހަކަތަކަށް ސައިދު ޖަވާބެއް ނުދެއްވުނު އިރު ހުންނެވީ ވަރަށް ބޮޑަށް ލަނދުގެންފައެވެ.

ރިޔާސީ އިންތިހާބަށް މަދު ދުވަސްކޮޅަކަށް ވެފައިވާ އިރު ރާއްޖޭގެ އިދިކޮޅު ސިޔާސީ ލީޑަރުން ތިއްބެވީ ޖަލަށް ހުކުމްކޮށްފައި ނުވަތަ ގައުމުން ބޭރަށް އަރުވާލެވިގެންނެވެ. ކެމްޕެއިން ރައީސް ޔާމީން އެކަނި ކުރައްވަން ދޮރުން ދޮރަށް ހިންގަވަން ފެއްޓުމާއި އެކު ރައްޔިތުންގެ ރުޅިގަނޑު ކިތަންމެ ފުރިހަމައަށްވެސް މިދަނީ ބޭތރު ކުރަމުންނެވެ.

ހަގީގަތަކީ ރައީސް ޔާމީންގެ ސިޔާސަތުތަކަށް ރައްޔިތުން ނުރުހެއެވެ. އެމްއެމްޕީއާރްސީ ބޮޑު ހިޔަނާތާއި ދައުލަތުގެ މުވައްސަސާތައް މުށުތެރެއަށް ލައިގެން ކުރާ ވެރިކަން ރައްުޔިތުން ބަލައި ނުގަނެއެވެ. މިނިވަންކަމެއް އަމާން ކަމެއް ގައުމަކު ނެތެވެ. ކުރީގެ ރައީސެއް ވަޒީރެއް ދައުލަތަށް ހިދްމަތް ކުރި މީހެއް ހުރިއްޔާ އޮތީ ހުރަގޭގައެވެ. ކާބޯތަކެތި އަގުބޮޑުވެ، އާއްމު ހިދްމަތުގެ އަގު އިންތިހާއަށް ބޮޑުވެއްޖެއެވެ.

އަގު ހެޔޮވާ އެއްޗެއް، ރަނގަޅުވީ ހިދްމަތެއް އާއްމު ރައްޔިތަކަށް ނުފެނެއެވެ، ހައްތަހާވެސް ފެންނަނީ އާއްމު ރައްޔިތު މީހާ ނިކަމެތިވެ ވެރިން ފައިބުޑަށް ވެއްޓޭ ތަނެވެ. އެހެންވެ ރައްޔިތުން މިއަދު ދައްކާ ވާހަކައަކީ " ދޮރުން ދުރަށް ދާށެވެ".