Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު

ސިނަމާލެ ފްލެޓް މައްސަލާގައި ޝަމާއުގެ ރައްދު މުއިއްޒަށް

ފޮޓޯ: ރާއްޖެ.އެމްވީ

ސިނަމާލެ އާއި މާލޭހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނާ މެދު މާލޭ ސިޓީ ކައުންސިލުން ވަރަށް ބޮޑަށް އިހުމާލު ވެފައިވާ ކަމަށް، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ތުހުމަތު ކުރައްވާ ކުރެއްވި ޓްވީޓަށް ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ރައްދު ދެއްވައިފިއެވެ.

ޑރ.މުއިއްޒުގެ ޓްވީޓަށް ޝަމާއު ރައްދު ދެއްވާފައިވަނީ ވެސް ހަމަ ޓްވީޓަކުންނެވެ.އެ ޓްވީޓްގައި ޝަމާއު ވަނީ ފްލެޓްތަކަށް އަލަށް ވަޑައިގަތުމުން މިނިސްޓަރު މުއިއްޒަށް ލައްކަ ކަންކަން ފެނިވަޑައިގެންފި ކަމަށް ވިދާޅުވެފައެވެ. އެކަމަކު، އެތަނުގެ ފުރާޅާއި ވެއްޓެން ކައިރިވެފައި ހުރި ބެލްކަނިތަކާއި ތަނބުތައް ވެސް އަދި ބަލަން ޖެހޭ ކަމަށް ޝަމާއު ވިދާޅުވި އެވެ.

ޝަމާއު ވިދާޅުވީ ފްލެޓާ ގުޅޭގޮތުން ވަރަށް ގިނަ ސިޓީތައް މިނިސްޓަރު މުއިއްޒަށް ވަނީ ފޮނުވާފައި ކަމަށެވެ. އެކަމަކު، އެކަމާ އެއްވެސް ވަރަކަށް އަޅާނުލެއްވި ކަމަށް ވެސް ޝަމާލް ވިދާޅުވިއެވެ.

އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ މާލޭ ސިޓީ ކައުންސިލްގެ ގިނަ މަސައްކަތްތައް ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާކަން ފާހަގަ ކުރައްވައި ޝަމާއު ވިދާޅުވީ ބާރުތައް މުށަށް ލައިގެން އެމްސީސީ (މާލޭ ސިޓީ ކައުންސިލް) އޮބި އެޅީ ސަރުކާރުން ކަމަށެވެ.

ބޮޑެތި މަރާމާތުތަކެއް ބޭނުންވާ މާލޭ ހިޔާ އާއި ސިނަމާލޭ ފްލެޓްތައް ބެލެހެއްޓުން ސިޓީ ކައުންސިލާ ހަވާލު ކޮށްފައިވާއިރު، އެ ފްލެޓްތަކުގެ މެއިންޓަނަންސް ކަންތައްތައް ވަނީ އަމިއްލަ ކުންފުންޏަކަށް ދޫކޮށްފަ އެވެ.