Last Updated: April 24, 12:21
Wednesday, April 24, 2024
ޚަބަރު

ގާސިމްގެ އަނބިކަނބަލުން އައިޝާ ޖޭޕީގެ ކައުންސިލަށް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ - ފޮޓޯ: ވީނިއުސް (ޔޫސުފް ސޮފްވާން (ސޮއްޕެ))

ޖުމްހޫރީ ޕާޓީގެ 3 ވަނަ ކޮންގްރެސްގެ ހުރިހާ މެންބަރުންގެ ފުރިހަމަ ތާއީދާއެކު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ (އައިޝާ) އެޕާޓީގެ ކައުންސިލަށް އިންތިޚާބުވެވަޑައިގެންފިއެވެ.

ރޭ ކުރިއަށްގެންދިޔަ ޖުމްހޫރީ ޕާޓީގެ ކޮންގްްރެސްގެ ތެރެއިން 32 މަގާމަށް މެންބަރުން އިންތިޚާބުކޮށްފައިވާއިރު، ކޮންގްރެސްްގެ ހުރިހާ މެންބަރުންގެ ފުރިހަމަ އަގުލަބިއްޔަތުން މަގާމަކަށް ހޮވިވަޑައިގެންފައިވަނީ އައިޝާ އެކަންޏެވެ. އެގޮތުން އެކަމަނާ އަށް ވަނީ ޖުމްލަ 227 ވޯޓް ލިބިފައެވެ.

އެކަމަނާ ޖުމްހޫރީ ޕާޓީގެ ކައުންްސިލަށް އިންތިޚާބުވުމާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުން ވަނީ އެކަަމަނާއަށް މަރުހަބާ ވިދާޅުވެފައެވެ.

ޖޭޕީގެ އަންހެނުންގެ ގޮފީގެ ރައީސާކަމަށް ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވި ވަލީދާ ވަލީދު ވިދާޅުވީ ޖުމްހޫރީ ޕާޓީން އަބަދުވެސް އެންމެ އިސްކަންދޭ އެއްކަމަކީ ސިޔާސީ މައިދާނަށް އަންހެނުން ނެރެ، އެކަނބަލުން ބާރުވެރިކުރުވުން ކަމަށާއި، މި މަސައްކަތް ކުރަމުންދާ ވަގުތެއްގައި ގާސިމްގެ އަނބިކަނބަލުން ޕާޓީގެ ކައުންސިލަށް ވަޑައިގެން، ޖުމްހޫރީ ޕާޓީން ކުރަމުންދާ މަސައްކަތުގައި އަމަަލީގޮތުން ބައިވެރިވެވަޑައިގެެންނެވުމަކީ ލިބިވަޑައިގެންނެވި ވަަރަށް ބޮޑު އަުފަލެއް އަދި ހިތްވަރެއް ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލަށް އައިޝާ އިންތިޚާބުވެވަޑައިގަތުމާއި ގުޅިގެން އެ ޕާޓީގެ ހަތަރު ނާއިބްް ލީޑަރުން ކަމަށްވާ، ޑރ ހުސައިން ރަޝީދު ހަސަން، އަމީން އިބްރާހިމް، އަބުދުﷲ އަމީން އަދި މުހައްމަދު ފަޔާޒުގެ އިތުރަށް ޕާޓީގެ ރައީސް އަލީ ވަހީދާއި، ނާއިބް ރައީސް ޑރ އަބުދުﷲ މައުސޫމްގެ އިތުރުން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރުވެސް ވެސް ވަނީ އެކަމަނާއަށް މަރުހަބާ ވިދާޅުވެފަ އެވެ.