Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ވޯޓާސް ލިސްޓް އިސްލާހުކޮށް ޖުލައި 1 ގައި ނެރެނީ

ފޮޓޯ: އަވަސް

މިމަހުގެ ނުވަ ވަނަ ދުވަހު އިލެކްޝަން ކޮމިޝަނުން އާންމު ކުރި ވޯޓާސް ލިސްޓަށް ގިނަ މައްސަލަތަކެއް ހުށަހެޅުމާ ގުޅިގެން އެ މައްސަލަތައް މައްސަލަތައް އިސްލާހު ކުރުމަށް ފަހު އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހު އާ ލިސްޓެއް އާންމު ކުރާނެ ކަމަށް އިލެކްޝަން ކޮމިޝަނން(އީސީ) އިން ބުނެފި އެވެ.

ފުރަތަމަ ނެރުނު ލިސްޓަށް ހުށަހެޅި ޝަކުވާތައް އިސްލާހުކުރުމަށްފަހު ޖުލައި 1ގައި ނެރޭ އާ ލިސްޓަށް ވެސް ޝަކުވާ ހުށަހަޅަން 10 ދުވަހުގެ މުއްދަތެއް ދޭން ހަމަޖައްސާފައިވާ ކަމަށް އީސީ އިން ބުނެއެވެ.އެ ގޮތުން ޖުލައި 1 ވަނަ ދުވަހު އާ ލިސްޓު އާންމު ކުރުމަށްފަހު އެމަހުގެ ދެވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހާއި ހަމަޔަށް އެ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލާނެ ކަމަށް ކަމަށް އީސީ އިން ވިދާޅުވެއެވެ.

އީސީން މިމަހުގެ ނުވަ ވަނަ ދުވަހު އާންމުކުރި ލިސްޓަށް 1778 ޝަކުވާ ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި 860 އެއްހާ ޝަކުވާ ހުށަހަޅާފައިވަނީ އެމްޑީޕީންނެވެ.

އޭގެ ތެރޭގައި މަރުވެފައިވާ 412 މީހެއްގެ ނަން ވޯޓާސް ލިސްޓުގައި ހިމެނިފައިވާ ކަމަށް ހުށަހަޅާފައިވެއެވެ. އަދި 18 އަހަރު ނުފުރޭ 1449 ކުއްޖެއްގެ ނަންވެސް ހިމަނާފައިވާ ކަމަށް ބުނެފައިވެއެވެ.

ވޯޓާސް ލިސްޓްގައި 76 މީހެއްގެ ނަން ތަކުރާރުވެފައިވާ ކަމަށާއި 12 މީހެއްގެ ނަން ނެތްކަމަށް ވެސް ބުނެފައިވެއެވެ.މަރުވެފައިވާ 412 މީހެއްގެ ނަން ވޯޓާސް ލިސްޓްގައި އޮތް ކަމަށް ޝަކުވާ ކޮށްފައިވާ އިރު 18 އަހަރު ނުފުރޭ 1449 ކުއްޖެއްގެ ނަންވެސް ވޯޓާސް ލިސްޓްގައި ހިމަނާފައިވާ ކަމުގައި ބުނެފައިވެއެވެ.

އަދި އެޑްރެސް ދިމާނުވާ 6 މީހެއްގެ އިތުރުން ނަން ނުބައިކޮށް ދެމީހެއްގެ އޮތް ކަމަށް ވެސް ބުނެފައިވެއެވެ. އެ ލިސްޓަށް ޝަކުވާގެ ގޮތުގައި އެންމެ ގިނައިން ހުށަހަޅާފައިވަނީ 18 އަހަރު ނުފުރޭ ކުދިންނާއި މަރުވެފައިވާ މީހުންގެ ނަން ހިމެނުން ކަމަށް އީސީން ވަނީ ބުނެފަ އެވެ.