މެލޭޝިއާގެ ޔުނިވާސިޓީތަކުގައި ހުރި ތައުލީމާއި ތަމްރީން އަދި ސްކޮލަޝިޕްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ "އެޑިއުކޭޝަން މެލޭޝިއާ އެކްސްޕޯ"ގެ ދެވަނަ އެކްސްޕޯ މާލެ އާއި އައްޑޫގައި ބާއްވަން ނިންމައިފި އެވެ.
އެޑިއުކޭޝަން މެލޭޝިއާ ގްލޯބަލް ސާވިސަސް އާއި ރާއްޖޭގެ ޑިޕާޓްމެންޓް އޮފް ހަޔަ އެޑިއުކޭޝަނާ ގުޅިގެން ކުރިއަށް ގެންދާ މި އެކްސްޕޯ ބޭއްވުމަށް ނިންމާފައިވަނީ މި ޖޫން މަހުގެ 28، 29 އަދި ޖުލައި 1 ވަނަ ދުވަހުއެވެ. އެގޮތުން އެކްސްޕޯ ޖޫން 28، 29 ދެ ދުވަހު ކުރިއަށްދާނީ މާލޭ ނެޝަނަލް އާޓް ގެލަރީގައެވެ.

އައްޑޫގައި ބާއްވާ އެކްސްޕޯ އޮންނާނީ ޖުލައި 1 ވަނަ ދުވަހު ހިތަދޫ ނޫރާނީ ސްކޫލްގައެވެ.
އެކްސްޕޯގެ ތާރީހާއި ގަޑިތައް:
* ޖޫން 28، މާލެ، ނެޝަނަލް އާޓް ގެލަރީ ގައި އެކްސްޕޯ ކުރިއަށްދާނީ މެންދުރު ފަހު 2 އިން ރޭގަނޑު 10 ޖެހުމާއި ހަމައަށް
* ޖޫން 29، މާލެ، ނެޝަނަލް އާޓް ގެލަރީ ގައި އެކްސްޕޯ ކުރިއަށްދާނީ ހަވީރު 4 އިން ރޭގަނޑު 10 ޖެހުމާއި ހަމައަށް
* ޖުލައި 1، އައްޑޫ ސިޓީ ހިތަދޫ ނޫރާނީ ސްކޫލް، އެކްސްޕޯ ކުރިއަށްދާނީ މެންދުރު ފަހު 2 އިން ރޭގަނޑު 9 ޖެހުމާއި ހަމައަށް
މިފަހަރުގެ އެކްސްޕޯގައި މެލޭޝިއާގެ 13 ޔުނިވާސިޓީއަކުން ބައިވެރިވާ އިރު ޑިޕާޓްމަންޓު އޮފް ހަޔާ އެޑިއުކޭޝަނުން ހުރި ސޮކްލާޝިޕް ޕްރޮގްރާމްތަކުގެ މައުލޫމާތާއި އެޑިއުކޭޝަން ލޯނާއި ގުޅޭ މައުލޫމާތު އެކްސްޕޯއިން ލިބޭނެއެވެ. މީގެ އިތުރުންވެސް ޕްލޭސްމެންޓް ލެޓަރ އަދި މެލޭޝިއާގެ ވިސާ އާއި ގުޅޭ މައުލޫމާތު އެކްސްޕޯއިން ލިބޭނެއެވެ.