Last Updated: June 13, 02:24
Saturday, June 13, 2026
ޚަބަރު

ރައީސް މާލެ އަތޮޅުގެ ތިން ރަށަކަށް ފުރާވަޑައިގެންފި

މާލެ އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅެއްްގައި ރައީސް އަބްދުﷲ ޔާމީން މިއަދު ފުރާވަޑައިގަންނަވައިފިއެވެ.

ރައީސް ވަޑައިގަންނަވާ ތިން ރަށަކީ ކ. މާފުށި، ގުރައިދޫ އަދި ތުލުސްދޫއެވެ.

ރައީސްގެ މި ދަތުރު ފުޅުގައި އެމަނިކުފާން އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ތުލުސްދޫއަށެވެ. ތުލުސްދޫއަށް ވަޑަައިގެން އެރަށުގެ ބަނދަރު ހުޅުއްވައި ދެއްވުމަށްފަހު އެމަނިކުފާން ދެން ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މާފުށްޓައްށެވެ. މާފުށީ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް މި ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރުއޫ އިފްތިތާހު ކޮށްދެއްވުމަށް ފަހު ދެން ވަޑައިގަންނަވާނީ ގުރައިދޫއަށެވެ.

ގުރައިދޫއަށް ވަޑައިގެން މިސަރުކާރުން އެރަށުގައި ހަދާފައިވާ ބަނދަރާއި ސާފު ބޯފެނުގެ ނިޒާމް އިފްތިތާހު ކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނާއި އެކު ބައެއް ވަޒީރުން ވަޑައިގަންނަވައެވެ.