Last Updated: April 24, 16:21
Wednesday, April 24, 2024
ޚަބަރު

ވޯޑިއަންއާ އެކު އައްޑޫ މެރެތަން ތާރީޚުގެ ތެރެއަށް

އައްޑޫ ސިޓީއަކީ ގިނަ ކަންތައްތަކުން ތާރީޚު ލިޔެފައިވާ ރައްޔިތެއް ދިރިއުޅޭ ސިޓީ އެއްކަން ކަށަވަރެވެ. މި މަހުގެ 29 ވާ ހުކުރު ދުވަހު އައި-ރަނާސް އިން އައްޑޫ ސިޓީގައި ބާއްވާ "އައްޑޫ މެރެތަން" ގެ އެމްބެސެޑަރަކަށް ދުނިޔޭގެ ރެކޯޑް ފޮތުން އެތައް ފަހަރަކު ޖާގަ ހޯދާފައިވާ އެމެރިކާގެ މަޝްހޫރު އަލްޓްރާ މެރެތަނާ އުމުރުން 44 އަހަރުގެ މައިކަލް ވޯޑިއަން ހަމަޖައްސާ މި މެރެތަން މިވަނީ ތާރީޚުގެ ތެރެއަށް ދިޔުމަށް މިސްރާބު ޖަހާފައެވެ.

ވޯޑިއަން އަކީ އާދައިގެ މީހެއް ނޫނެވެ. އޭނާ ވަނީ ހަތް ދުވަހުގެ ތެރޭގައި ހަތް ބައްރުގައި ހަތް މެރެތަން ދުވެ "ވޯލްޑް މެރެތަން ޗެލެންޖް" މިދިޔަ އަހަރު ކާމިޔާބުކޮށްފައެވެ. ވޯޑިއަން ވެގެންދާނީ ރާއްޖޭގައި ދުވާ އެންމެ މަތީ ފަންތީގެ އެއް ދުވުންތެރިއާއަށެވެ. މިފަހަރު މި ދުވުންތެރިޔާ ރާއްޖޭގެ ފަސްގަނޑުގައި ދުވާ ފުރަތަމަ ތަނެއްގެ ޝަރަފު ލިބިގެން މި ދަނީ އައްޑޫ ސިޓީއަށެވެ. މީގެ ސަބަބުން ދުނިޔޭގެ އެތައް ލޯތަކެއް މި ސިޓީއާއި ދިމާލަށް ހުޅުވޭނެއެވެ. އެތައް ކަންފަތެއް މި އައްޑޫ ސިޓީގެ އަޑު އަހާނެއެވެ. އަދި އެތައް ގަލަމެއް މި ސިޓީގެ ނަން ލިޔުމުގައި އަވަދިނެތި އުޅޭނެއެވެ.

ވޯޑިއަންގެ އަމިއްލަ ރެކޯޑަކީ 2 ގަޑި 17:49 މިނެޓެވެ. އެއީ ދުނިޔޭގެ ރެކޯޑަށް ވުރެ 14 މިނެޓު ލަހެވެ. ވޯޑިއަން ހުކުރު ދުވަހު އައްޑޫ މެރެތަންގައި ރޭސް ނިންމާ ޓައިމިން ވެގެންދާނީ މިހާތަނަށް ދިވެހި ފަސްގަނޑުގައި މީހަކު އެންމެ އަވަސް މެރެތަން ރޭހެއް ނިންމާ ޓައިމިން އަށް ކަމަށް ވަނީ ބެލެވިފައެވެ. ރާއްޖޭގެ ތާރީޚުގައި އައްޑޫގެ ނަން މެރެތަން އިން ފަވާލާނެ ވޯޑިއަން އަށް މުޅި އައްޑޫ ސިޓީގެ ރައްޔިތުން އިންތިޒާރު ކުރާނެއެވެ.

ވޯޑިއަން ފަދަ ދުނިޔޭގެ މަޝްހޫރު ދުވުންތެރިއަކަށް ދައުވަތު ދޭން ނިންމީ ދިވެހިރާއްޖެ އަކީ ދުވެލަން ހިތްގައިމު މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓްކުރުމުގެ ބޭނުމުގައި ކަމަށް އައި ރަނާސްގެ ކޯ ފައުންޑާ އަދި އައްޑޫ މެރެތަންގެ ރޭސް ޑިރެކްޓަރު ހުސެއިން ޝުޖާއު ވަނީ ބުނެފައެވެ.

ވޯޑިއަން ވަނީ މިހާތަނަށް 170 އަށް ވުރެ ގިނަ މެރެތަން އަދި 70 އަށް ވުރެ ގިނަ އަލްޓްރާ މެރެތަންގައި ދުވެފަ އެވެ. ދުނިޔޭގެ ހަތް ބައްރުގެ ތަފާތު އެކި މާހައުލުތަކުން ފެށިގެން ގަނޑުވެފައިވާ އުތުރު ތަނޑީގައި ވެސް އޭނާ ދުވެފައިވެ އެވެ. މީގެ އިތުރުން 20 ޓްރައިތެލޯން ރޭހާއި އަޔަންމޭން އާއި އެޑްވެންޗާ ރޭހެއްގައި ވާދަކޮށްފައިވެ އެވެ. އެ ރޭސް ތަކުގައި ރަން ވަނަތަކެއް ހޯދާ ރެކޯޑްތައް ވެސް އޭނާ ވަނީ ހަދާފައެވެ. އެގޮތުން އިންޑޯ މެރެތަނެއް އެންމެ އަވަހަށް ދުވެގެން ރެކޯޑް ފޮތުން ޖާގަ ހޯދިއިރު އިންޑޯގައި 50 ކިލޯމީޓަރު ދުވުމުގެ ރެކޯޑާއި ޓްރެޑްމިލްގައި 50 ކިލޯމީޓަރު ދުވުމުގެ ދުނިޔޭގެ ރެކޯޑް ވެސް އޮތީ ވޯޑިއަންގެ އަތުގަ އެވެ.

މީގެ އިތުރުން ވޯޑިއަން ވަނީ ދުނިޔޭގެ 100 ކިލޯމީޓަރު ދުވުމުގެ ޗެމްޕިއަންޝިޕުގައި ހަ ފަހަރު އެމެރިކާ ތަމްސީލްކޮށްފައެވެ. އަދި އެއް ފަހަރު ރިހި މެޑެއްޔެ ވެސް ހޯދައިދީފައިވެއެވެ. ދުނިޔޭގެ އެންމެ ބޮޑު ހަތް މެރެތަންގައި ދުވެފައިވާއިރު އެކި ގައުމުތަކުގައި ބޭއްވި ވަރަށް ގިނަ މެރެތަންތަކެއް ކާމިޔާބުކޮށްފައި ވެސް ވެއެވެ.

ވޯޑިއަންއާ އެކު ރޭހުގެ އެމްބެސެޑަރުންގެ ގޮތުގައި ރާއްޖޭގެ ފާހަގަކޮށްލެވޭ ދެ ދުވުންތެރިން ކަމަށްވާ އަލްޓްރާ މެރެތެނާ އަހުމަދު އާތިފާއި ގައުމީ ރެކޯޑް ހަދާފައިވާ މަރިޔަމް އަބްދުލްކަރީމް (މަރީ) ބައިވެރިވެ ރޭހުގައި ދުވާނެ އެވެ.

މި ފަހަރު އައްޑޫ މެރެތަންގައި އެކްސްޕޯ ދެ ދުވަސް ކުރިއަށްގެންދާނެ އެވެ. ބުދަ ދުވަހާއި ބުރާސްފަތި ދުވަހު މެންދުރުފަހު 2-9 އަށް ގަމުގެ އީކުއޭޓަރ ވިލެޖުގައި ބާއްވާ އެކްސްޕޯގައި ދުވުންތެރިންނަށް ބިބް ދޫކުރުމުގެ އިތުރުން ޕްލާންކް ޗެލެންޖާއި ޒުމްބާ ކްލާސްތަކެއް އޮންނާނެ އެވެ.

ދުވުންތެރިން ތަމްރީންކުރާ ކްލަބެއް ކަމަށްވާ އައި ރަނާސް އިން މިދިޔަ އަހަރު ތައާރަފްކުރި އައްޑޫ މެރެތެން މި އަހަރު ބާއްވަނީ ހުރިހާ ގޮތަކުން ވެސް ކުރިއަށް ވުރެ ފުޅާކޮށެވެ. އިވެންޓުގައި 430 ދުވުންތެރިން ބައިވެރިވެފައިވާއިރު އޭގެ ތެރޭގައި އައްޑޫ ސިޓީގެ ބޭރުން ބައިވެރިވާ 125 ދުވުންތެރިން ހިމެނެ އެވެ.

މި އިވެންޓުގެ ރަޖިސްޓްރޭޝަން ފީ އިން ލިބޭ ފައިސާގެ 10 ޕަސެންޓް ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ޗެރިޓީ ޕާޓްނަރު ޓައިނީ ހާޓްސް އޮފް ދަ މޯލްޑިވްސް އަށެވެ. އަދި އިވެންޓުގެ އެކޮމޮޑޭޝަން ޕާޓްނަރަކީ އީކުއޭޓަރ ވިލެޖެވެ. ސިލްވާ ސްޕޮންސަރުންގެ ގޮތުގައި އެމްޕީއެލް، އެމްޓީސީސީ އަދި އައިލެންޑް އެކްސްޕްރެސް އިން އެހީތެރިވެދެ އެވެ.

އައްޑ