Last Updated: April 23, 14:49
Tuesday, April 23, 2024
ޚަބަރު

އައްޑޫ މެރެތަން އެކްސްޕޯ މި މަހު 27،28 ގައި!

އައްޑޫ މެރެތަންގެ އޮފިޝަލް އެކްސްޕޯ "އިކުއެޓަރ ވިލެޖް ހެލްތް އެންޑެ ފިޓްނެސް އެކްސްޕޯ" މިމަހުގެ 27، 28 ދެ ދުވަހު ބާއްވަން ނިންމައިފިއެވެ.

އައްޑޫ ސިޓީ ގަމުގައި ހުންނަ އިކުއެޓަރ ވިލެޖުގައި ކުރިއަށްދާ އެކްސްޕޯ ފެށޭނީ 27 ވަނަ ދުވަހު މެންދުރުފަހު 14:00 ގައެވެ. 27 އަދި 28 ވަނަ ދުވަހު އެކްސްޕޯ ކުރިއަށްދާއިރު ކޮންމެ ދުވަހުކެސް މެންދުރު 14:00 އިން ރޭގަނޑު 21:00 އަށް އެކްސްޕޯގެ ހަރަކާތްތައް ކުރިއަށްދާނެއެވެ.

މި އެކްސްޕޯގައި އައްޑޫ މެރެތަންގައި ބައިވެރިވެފައިވާ ފަރާތްތަކަށް ރޭސް ކިޓް ދޫކުރުން ކުރިއަށްދާނެއެވެ. މީގެ އިތުރުން އެކްސްޕޯގައި ކެފޭ އަކާއި، ދުވުމަށް ބޭނުންވާ އާލާތްތަކާއި އަދި ރާއްޖެއާއި ގުޅުންހުރި ސުވެނިއަރ ބައްލަވައިގަންނަން ލިބެން ހުންނާނެކަމަށް އައިރަނާސް އިން ވިދާޅުވެއެވެ.

މީގެ އިތުރުން އެކްސްޕޯގައި ހާއްސަ ޗެރިޓީ ބިބްސް ވިއްކުމަށްވަނީ ހަމަޖެހިފައެވެ. ޗެރިޓީ ބިބް ވިއްކަައިގެން ލިބޭ ފައިދާ ޓައިނީ ހާރޓް އޮފް މޯލްޑިވްސްއަށް ޑޮނޭޓް ކުރުމަށް އައިރަނާސްއިން ވަނީ ނިންމާފައެވެ.

އައްޑޫ މެރަތަން އޮންނާނީ މި މަހުގެ 29 ވަނަ ދުވަހުއެވެ. މެރަތަން އަށް މާލެ އާއި ރާއްޖޭން ބޭރުން ދުވުންތެރިން އަންނަ އިރު މި ދުވުމަކީ އައްޑޫގައި ބާއްވާ އެންމެ ތަފާތު މެރަތަންއެވެ.

އެމެރިކާގެ މަޝްހޫރު އަލްޓްރާ މެރެތަނާ މައިކަލް ވޯޑިއަން އޭނާގެ އަނބިމީހާ އާއި ދެ ކުދިންނާ އެކު މިއަދު އައްޑުއަށް ވަޑައިގެން ގަމުގެ ވައިގެ ބަނދަރުގައި. އައްޑޫގައި ހުކުރު ދުވަހު ފަށާ "އައްޑޫ މެރަތަން" ގައި ވޯޑިއަން ދުވާނެ

އައްޑޫ މެރަތަންގައި ދުވުމަށް އެމެރިކާގެ މަޝްހޫރު އަލްޓްރާ މެރެތަނާ މައިކަލް ވޯޑިއަން މިއަދު ވަނީ އައްޑޫއަށް އައިސްފައެވެ. ވޯޑިއަން ވަނީ ދުނިޔޭގެ ރެކޯޑް ފޮތުން އެތައް ފަހަރަކު ޖާގަ ހޯދާފައެވރ. ވޯޑިއަން ހިމެނިގެންދާނީ ރާއްޖޭގެ ފަސްގަނޑުގައި ދުވާ މިފަދަ ފުރަތަމަ އެތްލީޓަށެވެ.