Last Updated: June 11, 19:13
Thursday, June 11, 2026
ޚަބަރު

ނަސީމްގެ އިންޓަވިއުއަކީ ރާއްޖެ ބަދުނާމު ކުރުން: ސަރުކާރު

ރައީސް ނަޝީދުގެ ސަރުކާރުގެ ފޮރިން މިނިސްޓަރު ކަން ކުރެއްވި އަހުމަދު ނަސީމް(ކެރަފާ) އިންޑިޔާގެ "ދަ ޓްރައިބިއުން" ނޫހަށް ދީފައިވާ ބަސްދީގަތުމަކީ ރާއްޖެ ބަދުނާމުކުރުމަށް ދީފައިވާ ދޮގު ބަސްދީގަތުމެއް ކަމަށް ސަރުކާރުން ބުނެފިއެވެ.

ކެރަފާ ނަސީމް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ހޯމް މިނިސްޓްރީން ވަނީ ނަސީމް ދައްކާފައިވަނީ ދޮގު ވާހަކަތަކެއް ކަމަށް ބުނެ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ބުނެފައެވެ. އަދި ރާއްޖޭގެ އަމަން އަމާންކަން ނަގާލުމަށް ދިވެހި ސަރުކާރުން އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ދިވެހި ފަސްގަނޑުން 16 ރަށެއް ޗައިނާއިން އަތުލާފައިވާ ކަމަށާއި އެ ރަށްތަކަށް ޗައިނާ އަސްކަރީ ތަންތަނަށް ބަދަލު ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ ނަސީމް ދެއްކެވި ވާހަކައަށް ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ އަމަން އަމާންކަން ނަގާލައި، ހަމަނުޖެހުން އުފެއްދުމަށް މަގުފަހިވާ މިފަދަ ހަގީގަތާ ޚިލާފު ވާހަކަތައް ނުދެއްކުމަށް އިލްތިމާސް ކޮށްފައެވެ.