Last Updated: June 13, 02:24
Saturday, June 13, 2026
ޚަބަރު

ތުރުކީގެ އިންތިހާބު: އުރުދުޢާން ކުރީގައި

އަންކާރާ- ތުރުކީ: ތުރުކީގައި މިއަދު ބޭއްވި ރިޔާސީ އިންތިހާބާއި ގާނޫނު ހަދާ މަޖްލިސްގެ އިންތިހާބް އެގައުމުގެ މިހާރުގެ ރައީސް ރަޖަބް ޠޮއްޔިބް އުރުދުޢާން އާއި އޭނާގެ ޕާޓީން ކާމިޔާބް ކުރައްވާނެކަމަށް ތަޖްރިބާ ކާރުން ބުނަން ފަށައިފިއެވެ.

ތުރުކީ ގަޑިން މިއަދު ހެނދުނު 8 ޖެހި އިރު ފެށި ވޯޓުލުމުގައި 58 މިލިއަން މީހުން ވޯޓަށް ރަޖިސްޓްރީކޮށްފައިވާކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން މިއަދުގެ އިންތިހާބްގައި ގަނޫނު ހަދާ މަޖްލިސްގެ 54.71 އިން ސައްތަ އުރުދުއާންގެ އޭކޭ ޕާޓީންވަނީ ކާމިޔާބްކޮށްފައެވެ. އިދިކޮޅު އިއްތިހަދަށް ލިބިފައިވަނީ ގަނޫނު ހަދާ މަޖްލިސްގެ 33.5 އިން ސައްތައެވެ.

ރިޔާސީ އިންތިހާނބުގެ ވޯޓުގެ 86 ޕަސެންޓް ގުނާ ނިމިފައިވާ އިރު އުރުދުޢާން ވަނީ 53.73 އިން ސައްތަ ކާމިޔާބް ކުރައްވާފައެވެ. އިދިކޮޅު ކެންޑިޑޭޓަށް ލިބިވަޑައިގެންފައިވަނީ 30 އިން ސައްތައެވެ.

މި ނަތީޖާ އާއި އެކު އުރުދުއާންގެ ސަޕޯޓަރުން ވަނީ އަންކާރާގެ މަގުތަކަށް ނިކުމެ އުފާފާޅުކުރަން ފަށާފައެވެ.

މިއިންތިހާބާއެކު ތުރުކީގައި ރިޔާސީ ނިޒާމަކަށް އަމަލު ކުރެވެން ފަށާނެއެވެ. އެއާއިއެކު ރައީސް އުރުދުޢާންއަށް ކުރިން ނުލިބޭ ބާރުތަކާއި މަސްޢޫލިއްޔަތު ތަކެއް ލިބިގެން ދާނެއެވެ.