Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ނިޔާމަ ރިސޯޓްގެ ވޯޓާ ވިލާގައި ރޯވެ އަނދައިފި

ފޮޓޯ: މިހާރު

ދ. އަތޮޅުގައި އޮންނަ ނިޔާމަ ރިސޯޓުގެ ވޯޓާ ވިލާގައި މިއަދު އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

އެ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތި އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދުގެ ފަތިހުގެ ވަގުތެއްގައި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައެވެ. ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ހެނދުނު ހަތެއްޖަހާކަންހާ އިރު ކަމަށް މައުލޫމާތުި ލިބެއެވެ.

މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

މިކަން ހިނގާދިޔަ ގޮތުގެ ތަފްސީލެއް އަދި ނުލިބެެއެވެ.