ރިޔާސީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުން ހަމަހަމަ ފުރުސަތު ދިނުމަށް ލާޒިމްކުރާ އިސްލާހެެއް އިންތިޚާބުތަކާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅީ ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދެވެ. މި އިސްލކާހުގައިވާ ގޮތުން ވަކި ކެންޑިޑޭޓަކަށް އިތުރަށް ވަގުތު ނުވިއްކޭނެ ކަމަށާއި ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ދިނުމަށް ލާޒިމް ކުރެއެވެ.
އިންތިހާބް ގާނޫނުގައި ކުރިން އޮންނަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން އާއްމު ކުރުމުން އެކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ފަރާތުން ތާއިދު ހޯދުމަށް އިޝްތިހާރު ކުރެވެއެވެ. ނަމަވެސް އެކަން އަލަށް ހުށަހެޅި އިސްލާހުގެ ސަބަބުން ހުއްޓުވެއެވެ.
އިސްލާގުގައިވާ ގޮތުން ވަކި ކެންޑިޑޭޓަކަށް އިތުރު ވަގުތު ވިއްކައިފިނަމަ އެ މައްސަލަ ބަލައި ފިޔަވަޅު އެޅޭނެއެވެ. އެފަދަ މައްސަލައެއް ބްރޯޑްކާސްޓިން ކޮމިޝަނަށް ފަސޭހައިން ހުށަހަޅައި ބެލޭނެ އިންތިޒާމް ހަމަޖައްސަން އެ ކޮމިޝަނަށް ވަނީ ލާޒިމްކޮށްފަ އެވެ.