Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ޒައިދަށް ދަރުސް ދިނުމުގެ ހުއްދަ އަލުން ދީފި

ޝެއިޚް އަލީ ޒައިދު - ފޮޓޯ: ޔޫޓިއުބް

މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދަށް ދީނީ ތަގުރީރު ދެއްވުމަށް ދީފައިވާ ލައިސެންސު ވަގުތީގޮތުން ހިފެހެއްޓުމަށްފަހު، އޭނާއަށް އަލުން އެ ހުއްދަ ދީފި އެވެ.

ޝެއިޚް ޒައިދު ވަނީ މި ޚަބަރު އޭނާގެ ޓްވިޓާ އެކައުންޓް މެދުވެރިކޮށް އިއުލާންކޮށްފަ އެވެ.

ޝެއިޚް ޒައިދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ އޭނާގެ ލައިސެންސް ދޫކޮށްލައިފި ކަމަށާއި އެކަމުގައި އޭނާއަށް ހުރިހާ ގޮތަކުން އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.

ޝެއިޚް ޒައިދަށް ދޫކޮށްފައިވާ ދީނީ ތަގުރީރު ދެއްވުމުގެ ހުއްދަ ބާތިލްކުރީ މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހު އެވެ. އެ ހުއްދަ ބާތިލްކުރި ވަކި ސަބަބެއް އިސްލާމިކް މިނިސްޓްރީން ވެސް އަދި ޝެއިޚް ޒައިދުވެސް މިއަދާ ހަމައަށް ހާމަކޮށްފައެއް ނުވެ އެވެ.

ޝެއިހް ޒައިދު މިފަހަކަށް އައިސް ގެންދަވަނީ ސޯޝަލް މީޑިއާގައި ދީނީ މައްސަލަތަކުގައި ވަރަށް ބޮޑަށް އޭނާގެ ޚިޔާލު ހިއްސާކުރެއްވުމުގެ އިތުރަށް ދީނީ ކަންކަމުގައި ސަރުކާރުގެ ވެރިން ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.