އައްޑޫގެ ފަތާ ޓްރެކްތައް ސާފު ކުރުމުގެ މަސައްކަތް މަރަދޫ އެކުއަ ވެންޗަ މޯލްޑިވްސް އިން ފަށައިފި އެވެ.
މި މަސައްކަތް ކުރަން ކައުންސިލުން ވަނީ އެ ކުންފުންޏާ އެކު މިދިޔަ ހަފުތާގައި އެއްބަސްވުމެއް ހަދައިފަ އެވެ.
އެކްއަ ވެންޗާގެ މެނެޖިން ޑިރެކްޓަރަކީ މަރަދޫގެ ކުރީގެ ކައުންސިލަރު އަދި އައްޑޫގެ ޑެޕިއުޓީ މޭޔަރު އަބްދުﷲ ތައްޔިބް (ޓޮމް) އެވެ.
ކައުންސިލުން ބުނި ގޮތުގައި ޓްރެކްތައް ސާފު ނުކުރެވި ދުވަސްތަކެއްވުމުގެ ސަބަބުން ގިނަ އަދަދަކަށް ފެހި އާއި މުރަކަ ފަޅައި އެކަމުގެ ޝަކުވާ އެކި ފަރަތްތަކުން ކައުންސިލަށް ހުށަހެޅުމުގެ ސަބަބުން ކޮންޓްރެކްޓް އުސޫލުން މަސައްކަތް އަކުއަވެންޗަރ މޯލްޑިވްސްއާ ހަވާލު ކުރީ އެވެ.
ޠައްޔިބު ބުނި ގޮތުގައި ހިތަދޫ އާއ މަރަދޫ ފަތާ ޓްރެކްތަކުގައި ވަރަށް ބޮޑަށް ފެހި އާއި މުރަކަ ފަޅައި ހަޑި ވެފައިވެ އެވެ. އެހެންކަމުން ޓްރެކަތައް ސާފު ކުރުމުގެ މަސައްކަތް ޕްރޮފެޝަނަލް ޑައިވަރުން ބޭނުންކޮށްގެން މިހާރު އަންނަނީ ކުރަމުންނެވެ.
މި މަސައްކަތް އެކުއަ ވެންޗައާ ހަވާލުކޮށްފަ އިވަނީ މަސައްކަތުގެ ސައިޓު ހަވާލު ކުރާތާ 7 ދުވަސްތެރޭ މަސައްކަތް ފުރިހަމަ ކުރާ ގޮތަށެވެ.