ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރާ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ފޭދޫ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ހޯދަނީ ސ.ފޭދޫ، އެންދެރިމާގެ، އަޙްމަދު ޝިނާޙް (ގެޅޫ)، 30، އެވެ.
ފުލުހުން ބުނީ އޭނާއާ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ ހިތަދޫ ޕޮލިސް ސްޓޭޝަނުގެ ނަމްބަރު 9791612 އަށް ގުޅައި ޙިއްސާ ކުރަން އެދޭ ކަމަށެވެ.