Last Updated: April 27, 09:06
Saturday, April 27, 2024
ޚަބަރު

ކޯޓުން ހޯދާ ބައެެއްގެ ތެރޭގައި އައްޑޫގެ 3 މީހަކު

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކަކާ ގުޅިގެން ކޯޓަށް ޙާޒިރު ކުރަން ބޭނުންވެ ޙާޒިރު ކުރެވިފައިނުވާ ހަ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް އަމުރު ކުރި އިރު އޭގެ ތެރޭގައި އައްޑޫގެ ތިން މީހަކު ހިމެނިއްޖެ އެވެ.

އެ ތިން މީހުންނަކީ ހިތަދޫ، ރީލް މަންޒިލް، މުޙައްމަދު ލަޠީފް، 61، އާއި ހިތަދޫ، ސައުތު ކްރޯސް، މޫސާ މުންތަސިމް، 28، އާއި މަރަދޫ، މައިޒާން، މުޙައްމަދު ފަރުޞީދު، 39 އެވެ.

ހޯދާ މީހުންގެ ތެރޭގައި ދެން ހިމެެނެނީ މާލެ، ދަފުތަރު ނަންބަރު 4976، އިބްރާހީމް ޢަޒްމީލް، 39، އާއި މާލެ، ހ.މިނީގާރޑްން، މުޙައްމަދު ޔާސިރު، 46، އާއި ރައީސް އޮފީހުގެ ކުރީގެ ޕްރެސް ސެކްރެޓަރީ މުޙައްމަދު ޒުހައިރު، 59، އެވެ.

މި ހަ މީހުންގެ ތެރެއިން ފަސް މިހުން ކޯޓަށް ހާޒިރު ކުރަން ޖެހެނީ މާދަމާ ހެނދުނާއި މެންދުރު ފަހުގެ އެކި ގަޑިތަކަށެވެ.

ފަރުޞީދު ކޯޓަށް ހާޒިރު ކުރަން ޖެހެނީ ބުރާސްފަތި ދުވަހު ހެނދުނު އެވެ..

ފުލުހުން ބުނީ މި މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅައި ހިއްސާ ކުރަން އެދޭ ކަމަށެވެ.