Last Updated: May 3, 10:18
Friday, May 3, 2024
މުނިފޫހިފިލުވުން

"ފެނީ ހާން" ގެ ޓީޒާ ދައްކާލައިފި

އަންނަ އޮގަސްޓް މަހުގެ 3 ގައި ރިލީޒް ކުރަން ނިންމާފައިވާ ފިލްމް "ފެނީ ހާން" ގެ ޓީޒާ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

މި ފިލްމްގެ ތަރިންނަކީ އަނިލް ކަޕޫރާއި އައިޝްވާރިޔާ ރާއީގެ އިތުރުން ރާޖްކުމާރް ރާއޯ އެވެ. "ފެނީ ހާން" ޑައިރެކްޓް ކުރީ އަލަށް ޑައިރެކްޝަނަށް ނުކުތް އަތުލް މަންޖްރޭކަރް އެވެ.

މި ފިލްމަކީ 2016 ހައި ރިލީޒް ކުރި ކަރަން ޖޯހަރްގެ "އޭ ދިލް ހޭ މުޝްކިލް" އަށް ފަހު، އައިޝްވާރިޔާ ފެނިގެންދާ ފުރަތަމަ ފިލްމެވެ.

ޓީ ސީރީޒާއި މަޝްހޫރު ޑައިރެކްޓަރު އޯމް ޕްރަކާޝް މެހެރާ ގުޅިގެން ގެނެސްދޭ "ފެނީ ހާން" އަކީ 2010 ގައި ރިލީޒް ކުރި ސްޕެއިންގެ ފިލްމް "އެވްރިބަޑީ އިޒް ފޭމަސް" އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.