ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވި ޑރ.އަހުމަދު އަބްދުﷲ(ޑރ.ޑީޑީ) ދީދީ އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
ޑރ.ޑީޑީ އާއި އަބްދުލް ޣަނީ މުހައްމަދު ގެ ނަން ވެސް މިއަދުވަނީ މަޖިލީހަށް ހުށަހަޅާފައެވެ. އެ ދެ ނަން މަޖިލީހަށް ފޮނުއްވުމާއި ގުޅިގެން މިއަދުގެ ޖަލްސާގައި މިހާރުވަނީ ދިރާސާ ކުރުމަށް ދާއިމީ ކޮމިޓީއަށް ފޮނުވާފައެވެ.
އުއްތަމަ ފަނޑިޔާރަކަށް ޑޜ. ޑީޑީ އައްޔަން ކުރުމަށް ލަފާ ދީފައި މިވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދިުގެ މައްޗަށް ޖިނާއީ ކުށް ސާބިތުވެކޮށްފައިވާ ހުކުމަށް ސުޕުރީމް ކޯޓުން ތާއިދު ކުރުމާއި ގުޅިގެން ސުޕުރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މަގަމި ގެއްލުމާއި ގުޅިގެންނެވެ.