Last Updated: June 9, 16:46
Tuesday, June 9, 2026
ރިޕޯޓް

އައްޑޫ މެރެތަންގެ ރޫޓް އެނގޭތަ؟

އައްޑޫ މެރެތަން ހުކުރު ދުވަހު ފަށާނެ އެވެ. މި މެރެތަންގައި ބައިވެރިވާ ފަރާތްތައް މިހާރު އަންނަނީ އައްޑޫ ސިޓީއަށް އަންނަމުންނެވެ. އޭގެ ތެރޭގައި މި މެރެތަންގައ އެމްބެސެޑަރެއްގެ ގޮތުގައި ދުވާ ދުނިޔޭގެ މަޝްހޫރު މެރެތަނާ މައިކަލް ވޯޑިއަން ވަނީ މިމަހުގެ 25 ވަނަ ދުވަހު އައްޑޫ ސިޓީއަށް އައިސްފަ އެވެ.

އައްޑޫ މެރެތަން ފެށެން ދެން ބާކީ އޮތީ އެންމެ ދުވަހެކެވެ. މެރެތަންގައި ބައިވެރިވާ ފަރާތްތަކަށް މެރެތަންގައި ބޭނުން ކުރާ ބިބް އަދި ޓީޝާޓްތައް ގަމުގައި ހުންނަ އީކުއޭޓަ ވިލެޖްގެ ހެލްތް އެންޑް ފިޓްނެސް އެކްސްޕޯ އިން ލިބެން ހުންނާނެއެވެ.

މިއަދާއި މާދަމާ ކޮންމެ ދުވަހެއްގެ ވެސް 2:00 އިން ފެށިގެން 9:00 އަށް އީކުއޭޓަ ވިލެޖުން މި ދެންނެވި ތަކެތި ނަންގަވަން މެރެތަން އިންތިޒާމް ކުރާ ފަރާތުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

އައްޑޫ މެރެތަން ފެށޭ ގަޑި އަކީ ހުކުރު ދުވަހު ދަންވަރު 2:00 ގަ އެވެ. އަދި ހުރިހާ އިވެންޓެއް ވެސް އެ ދުވަހުގެ ހެނދުނު 09:30 އަށް އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމަށް ނިންމަން ޖެހެ އެވެ.

މެރެތަން ފަށަން ހަމަޖެހިފައި ވަނީ 29 ވަނަ ދުވަހު:

* މެރެތަން ފެށޭ ގަޑިއަކީ ދަންވަރު 02:00 ގައި އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމުން
* ހާފް މެރެތަން ފެށޭ ގަޑިއަކީ ފަތިހު 05:30 ގައި އީކުއޭޓަރ ވިލެޖުން
* 10 ކިލޯމީޓަރު ފެށޭ ގަޑިއަކީ ހެނދުނު 06:30 ގައި ހިތަދޫ ލިންކް ރޯޑުން
* 5 ކިލޯމީޓަރު ފެށޭ ގަޑިއަކީ ހެނދުނު 07:30 ގައި ހިތަދޫ ނިއު ސީޒަން ކައިރިން
* ކިޑްސްމައިލް 1.6 ކިލޯމީޓަރު ފެށޭ ގަޑިއަކީ ހެނދުނު 08:30 ގައި އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމުން
* ކިޑްސްމައިލް 3.2 ކިލޯމީޓަރު ފެށޭ ގަޑިއަކީ ހެނދުނު 08:30 ގައި އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމުން
* ސީނިއާސް ޕަވަރވޯކް 3.2 ކިލޯމީޓަރު ފެށޭ ގަޑިއަކީ ހެނދުނު 08:30 ގައި އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމުން

އައްޑޫ މެރެތަންގެ އޮފިޝަލް ސްޕޮންސަރުންނާއި ޕާޓްނަރުން:

ޗެރިޓީ ޕާޓްނަ ޓައިނީ ހާޓްސް އޮފް މޯލްޑިވްސް
ސިލްވަ ސްޕޮންސަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ
ސިލްވަ ސްޕޮންސަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ލޮޖިސްޓިކް ޕާޓްނަރު އައިލެންޑް އެކްސްޕްރެސް
އޯޑިއޯ ވިޝުއަލް ޕާޓްނަރު އޮބްޖެކްޓް ޕްރައިވެޓް ލިމިޓެޑް
ބްރޯންޒް ސްޕޮންސަ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕަރ
އެކޮމޮޑޭޝަން ޕާޓްނަރު އީކުއޭޓަރ ވިލެޖް
ޑިޖިޓަލް ޕާޓްނަރު އުރީދޫ މޯލްޑިވްސް
މީޑިއާ ޕާޓްނަރު އައްޑޫ ލައިވް
ކިޑްސް ޓްރެއިނިން ޕާޓްނަރު ދިވާ އެކެޑެމީ
ބްރޯޑްކާސްޓިންގ ޕާޓްނަރު މޯލްޑިވްސް ޓީވީ
ހައިޑްރޭޝަން ޕާޓްނަރު ވަން ޑިގްރީ ސައުތް
ހޯސްޓިން ޕާޓްނަ އައްޑޫ ސިޓީ ކައުންސިލް
ބޭންކިންގ ޕާޓްނަރު ބޭންކް އޮފް މޯލްޑިވްސް
އެއަރޕޯޓް ޕާޓްނަރު އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް
ޓައިމިންގ ޕާޓްނަރު އެތްލެޓިކްސް އެސީސިއޭޝަން އޮފް މޯލްޑިވްސް
އިވެންޓް އޮގަނައިޒަރު އައި ރަނާސް

އިތުރު ޕާޓްނަރުންނާއި އޮގަނައިޒަރުންގެ ތެރޭގައި ލައިފް ސަޕޯޓް، އީވޯ، އީވް ގާމެންޓްސް، މޯލްޑިވިއަން، ރެޑް ކްރެސެންޓް، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް، އެމްއެންޑީއެފް އަދި މޯލްޑިވްސް ޕޮލިސް ސާވިސް ހިމެނެ އެވެ.