ގިނަ ދުވަސްތަކެއް ވަންދެން އެތައް ބަޔަކު އިންތިޒާރު ކުރަމުން އައި އައްޑޫ މެރަތަން މިރޭ ފަތިހު ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ފަށައިފިއެވެ.
ދިވެހި ރާއްޖޭގެ އިތުރުން ބައިނަލް އަގުވާމީ ދުވުންތެރިން ވެސް ވާދަކުރާ މި މެރަތަންއަށް ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. މެރަތަންގައި ބައިވެރިވުމަށް ދުނިޔޭގެ ޗެމްޕިއަން، މައިކަލް ވޯޑިއަންވެސް ވަނީ އައްޑުއަށް އައިސްފައެވެ.
މިރޭ ފަތިހު ފަށާ މެރަތަން ކާމިޔާބު ކުރާ ފަރާތަކަށް 750 ޑޮލަރުގެ އިނާމެއް ހުށައަޅާފައިވާއިރު ދެވަނައަށް 400 ޑޮލަރު އަދި ތިންވަނައަށް 300 ޑޮލަރު ވަނީ ހުށައަޅާފައެވެ. އަދި ހާފް މެރަތަންގައި ބައިވެރިވެ، އެއްވަނަ ނަގާ ފަރާތަށް 500 ޑޮލަރު، ދެވަނައަށް 250 ޑޮލަރު އަދި ތިންވަނައަށް 200 ޑޮލަރު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ދިހަ ކިލޯ މީޓަރުގެ ރޭހުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެންމެ އަވަހަށް 10 ހަމަކުރާ ބައިވެރިޔަކަށް 300 ޑޮލަރު، ދެވަނަ އަށް ދާ ފަރާތަށް 150 އަދި ތިންވަނައަށް 100 ޑޮލަރު ހުށައަޅާފައިވާއިރު ފަސް ކިލޯ މީޓަރު އެންމެ އަވަހަށް ނިންމާލާ ބައިވެރިޔަކަށް 200 ޑޮލަރު، ދެވަނައަށް 100 އަދި ތިންވަނައަށް 75 ޑޮލަރުގެ އިނާމެއް ލިބިގެންދާނެއެވެ.
މިފަހަރުގެ އައްޑޫ މެރަތަންގެ ޕާޓްނަރުންނަކީ:
ބްރޯންޒު ސްޕޮންސާ: ޝަންގްރިއްލާ ރިސޯޓް އެންޑު ސްޕާ
ބޭންކިން ޕާޓްނާ: ބޭންކު އޮފް މޯލްޑިވްސް
ޑިޖިޓަލް ޕާޓްނާ: އުރީދޫ
ހޮސްޓިން ޕާޓްނާ: އައްޑޫ ސިޓީ ކައުންސިލް
އެކޮމޮޑޭޝަން ޕާޓްނާ: އީކުއޭޓަރ ވިލެޖް
ކިޑްސް ޓްރެއިނިން ޕާޓްނާ: ދިވާ އެކަޑަމީ
މީޑިއާ ޕާޓްނާ: އައްޑޫލައިވް
ޗެރިޓީ ޕާޓްނާ: ޓައިނީ ހާޓްސް އޮފް މޯލްޑިވްސް
އިންޓަނޭޝަނަލް ޓްރެވަލް ޕާޓްނާ: ސްރީލަންކަން އެއާލައިންސް
އައްޑޫ މެރަތަން އެކްސްޕޯ އިއްޔެ ފެށިފައިވާއިރު މިއަދުވެސް އެކްސްޕޯ ކުރިއަށް އެބަދެއެވެ. ގިނަ ބަޔެއްގެ ތަރުހީބު ލިބިފައިވާ މެރަތަންއަކީ އައްޑޫގެ އިތުރުން ރާއްޖޭގައި ދުވުމަށް ހޭލުންތެރިކުރުމަށް އައި ރަނާސްއިން ފެށި ޕްރޮގްރާމް ތަކުގެ ތެރެއިން އުފެދުނު މެރަތަންއެކެވެ.