Last Updated: June 11, 19:13
Thursday, June 11, 2026
ކުޅިވަރު

ރޫނީ އެމެރިކާގެ ޑީސީ އަށް ސޮއިކޮށްފި

އިނގިރޭސި ވިލާތުގެ އެވަޓަންއަށް ކުޅެމުން އައި ފޯވާޑް، ވޭން ރޫނީ އެމެރިކާގެ މޭޖާ ލީގް ސޮކާގެ ޑީސީ ޔުނައިޓެޑް ކުލަބާއި ގުޅިއްޖެއެވެ.

އުމުރުން 16 އަހަރުގައި އެވަޓަންއާ ގުޅުނު ރޫނީ ވަނީ 18 އަހަރުގައި މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކުރުމަށް ފަހު 12 އަހަރު އެކުލަބުގައި ހޭދަކުރުމަށް ފަހު އަނެއްކާވެސް މިދިޔަ ސީޒަނުގައި އެވަޓަންއަށް ބަދަލުވެފައެވެ.

ރޫނީ ވަނީ އެވަޓަންގައި ހޭދަކުރި ސީޒަނުގައި އެކުލަބަށް 10 ލަނޑު ކާމިޔާބުކޮށްދީފައެވެ. އުމުރުން 32 އަހަރުގެ ރޫނީއަކީ އިނގިރޭސި ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހާދިން ކުޅުންތެރިޔާއެވެ. އޭނާ ވަނީ މެންޗެސްޓާ ޔުނައިޓެޑުގައި ހޭދަކުރި ކާމިޔާބު ދުވަސްތަކުގައި އެކުލަބުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް 253 ލަނޑާއެކު ހޯދާފައެވެ.

ރޫނީ އިނގިރޭސި ފުޓުބޯޅަ ދޫކޮށްލުމަށް ފަހު އެމެރިކާއަށް ދިއުމުން ގިނަ ބަޔަކު ވަނީ އޭނާއަށް ކާމިޔާބަށް އެދި މެސެޖު ފޮނުވާފައެވެ.