Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ދައުލަތަށް ނެގި ގޯތިތައް ހަވާލު ކުރަން ފަށައިފި

އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) އިމާރާތްކޮށްފައިވާ ހިތަދޫ މާމެންދޫ ސަރަހައްދުން އާންމުންނަށް ކުރިން ދޫކޮށްފައި ހުރި ގޯތިތައް ދައުލަތަށް ނަގާފައި ވަނިކޮށް، އެ ގޯތިތައް އޭގެ ވެރިންނާ ހަވާލު ކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑޫ ރައްޔިތުންގެ އަތުން 700-800 އާ ދެމެދުގެ އަދަދަކަށް ގޯތިތައް ބަދަލު ދޭނެ ކަމަށް ބުނެ ނަގާފައިވެ އެވެ.

ނަމަވެސް އެ ގޯތިތަކުގެ މައްސަލަ ބޮޑުވެފައި ވަނިކޮށް ގޯތިތައް އަލުން ހަވާލު ކުރާނެ ކަމަށް ސަރުކާރުން އިއުލާން ކުރީ ފެބްރުއަރީ، 23، 2018 ގަ އެވެ.

އެގޮތުން މިއަދު ރަސްމީކޮށް 30 މީހަކާ ގޯތީގެ ރަމްޒީ ރަޖިސްޓްރީ ހަވާލު ކުރަން ހިތަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ބައެއް މީހުންނަށް ވަނީ ރަޖިސްޓްރީ ހަވާލުކޮށްފަ އެވެ. ރަސްމިއްޔާތުގައި ރަޖިސްޓްރީ ހަވާލު ނުކުރެވުނު މީހުންނާ މިރެ އާއި އަދި އާދީއްތަ ދުވަހުން ފެށިގެން ވެސް ހިތަދޫގައި ހުންނަ ހައުސިން މިނިސްޓްރީގެ ޑިޕާޓްމަންޓުން ރަޖިސްޓްރީ ހަވާލު ކުރާނެ އެވެ.

މިއަދު ރަޖިސްޓްރީތައް ހަވާލުކޮށް ދެއްވީ ހައުސިން މިނިސްޓްރީގެ ދެ ނައިބުން ކަމަށްވާ ހަސަން ޒަރީރާއި އަބްދުﷲ ޒިޔާދެވެ.

މިނިސްޓްރީން ބުނި ގޮތުގައި ގޯތި ނެގުނު ހުރިހާ ފަރާތްތަކާ ގޯތި އަލުން ހަވާލު ކުރާނެ އެވެ.