އައްޑޫ މެރެތަންގެ ފެށުމުގެ ވަގުތު މިދަނީ ކުޑަތަން ވަމުންނެވެ. ދަންވަރު 2:00 ގައި މެރެތަން ފެށުމަށް ހަމަޖެހިފައިވާ އިރު މިހާރު މި ތާރީޚީ މެރެތަންގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ވާނީ އިވެންޓަށް ތައްޔާރު ވެފައިކަން ޔަގީނެވެ.
ޓީޝާޓް އަދި ބިބް ނަގައިފިންތަ؟ ޓައިޓް ، އިސްޓާކީން، ބޫޓު، އާމް ބޭންޑް، ބެލްޓް މިހާރު ހުރީ ހަމަކޮށްފަ ދޯ؟ ފޯން އަދި ސެލްފީ ސްޓިކް މަތިން ހަނދާން ނައްތާ ނުލައްޗޭ؟ މިފަދަ އިވެންޓެއްގައި ފޮޓޯ އަކީ ވަރަށް މުހިއްމު އެއްޗެއް.
މެރެތަންގެ ކޮންމެ އިވެންޓެއް ވެސް ފެށުމުގެ އެއްގަޑިއިރު ކުރިން ބައިވެރިން ފަށަން ހަމަޖެހިފައިވާ ޕޮއިންޓަށް ހާޒިރުވުމަށް ސަމާލުކަން ދިނުމަކީ އިންތިޒާމް ކުރާ ފަރާތުގެ ވަރަށް ބޮޑު އެދުމެކެވެ.
މެރެތަން ފަށަން ހަމަޖެހިފައި ވަނީ 29 ވަނަ ދުވަހު:
* މެރެތަން ފެށޭ ގަޑިއަކީ ދަންވަރު 02:30 ގައި އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމުން
* ހާފް މެރެތަން ފެށޭ ގަޑިއަކީ ފަތިހު 05:30 ގައި އީކުއޭޓަރ ވިލެޖުން
* 10 ކިލޯމީޓަރު ފެށޭ ގަޑިއަކީ ހެނދުނު 06:30 ގައި ހިތަދޫ ލިންކް ރޯޑުން
* 5 ކިލޯމީޓަރު ފެށޭ ގަޑިއަކީ ހެނދުނު 07:30 ގައި ހިތަދޫ ނިއު ސީޒަން ކައިރިން
* ކިޑްސްމައިލް 1.6 ކިލޯމީޓަރު ފެށޭ ގަޑިއަކީ ހެނދުނު 08:30 ގައި އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމުން
* ކިޑްސްމައިލް 3.2 ކިލޯމީޓަރު ފެށޭ ގަޑިއަކީ ހެނދުނު 08:30 ގައި އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމުން
* ސީނިއާސް ޕަވަރވޯކް 3.2 ކިލޯމީޓަރު ފެށޭ ގަޑިއަކީ ހެނދުނު 08:30 ގައި އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމުން
ކޮންމެ އިވެންޓެއްވެސް ފެށުމަށް ހަމަޖެހިފައިވާ ޕޮއިންޓް ފާހަގަ ކުރައްވާށެވެ. އަދި ފެށުމުގެ އެއްގަޑިއރު ކުރިން އެ ޕޮއިންޓަކަށް ވަޑައިގެންނެވުމަށް ސަމާލުކަން ދެއްވާށެވެ.
މިރޭ ފަތިހު ފަށާ މެރަތަން ކާމިޔާބު ކުރާ ފަރާތަކަށް 750 ޑޮލަރުގެ އިނާމެއް ހުށައަޅާފައިވާއިރު ދެވަނައަށް 400 ޑޮލަރު އަދި ތިންވަނައަށް 300 ޑޮލަރު ވަނީ ހުށައަޅާފައެވެ. އަދި ހާފް މެރަތަންގައި ބައިވެރިވެ، އެއްވަނަ ނަގާ ފަރާތަށް 500 ޑޮލަރު، ދެވަނައަށް 250 ޑޮލަރު އަދި ތިންވަނައަށް 200 ޑޮލަރު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ދިހަ ކިލޯ މީޓަރުގެ ރޭހުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެންމެ އަވަހަށް 10 ހަމަކުރާ ބައިވެރިޔަކަށް 300 ޑޮލަރު، ދެވަނަ އަށް ދާ ފަރާތަށް 150 އަދި ތިންވަނައަށް 100 ޑޮލަރު ހުށައަޅާފައިވާއިރު ފަސް ކިލޯ މީޓަރު އެންމެ އަވަހަށް ނިންމާލާ ބައިވެރިޔަކަށް 200 ޑޮލަރު، ދެވަނައަށް 100 އަދި ތިންވަނައަށް 75 ޑޮލަރުގެ އިނާމެއް ލިބިގެންދާނެއެވެ.
އައްޑޫ މެރެތަންގެ އޮފިޝަލް ސްޕޮންސަރުންނާއި ޕާޓްނަރުން:
ޗެރިޓީ ޕާޓްނަ ޓައިނީ ހާޓްސް އޮފް މޯލްޑިވްސް
ސިލްވަ ސްޕޮންސަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ
ސިލްވަ ސްޕޮންސަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ލޮޖިސްޓިކް ޕާޓްނަރު އައިލެންޑް އެކްސްޕްރެސް
އޯޑިއޯ ވިޝުއަލް ޕާޓްނަރު އޮބްޖެކްޓް ޕްރައިވެޓް ލިމިޓެޑް
ބްރޯންޒް ސްޕޮންސަ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕަރ
އެކޮމޮޑޭޝަން ޕާޓްނަރު އީކުއޭޓަރ ވިލެޖް
ޑިޖިޓަލް ޕާޓްނަރު އުރީދޫ މޯލްޑިވްސް
މީޑިއާ ޕާޓްނަރު އައްޑޫ ލައިވް
ކިޑްސް ޓްރެއިނިން ޕާޓްނަރު ދިވާ އެކެޑެމީ
ބްރޯޑްކާސްޓިންގ ޕާޓްނަރު މޯލްޑިވްސް ޓީވީ
ހައިޑްރޭޝަން ޕާޓްނަރު ވަން ޑިގްރީ ސައުތް
ހޯސްޓިން ޕާޓްނަ އައްޑޫ ސިޓީ ކައުންސިލް
ބޭންކިންގ ޕާޓްނަރު ބޭންކް އޮފް މޯލްޑިވްސް
އެއަރޕޯޓް ޕާޓްނަރު އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް
ޓައިމިންގ ޕާޓްނަރު އެތްލެޓިކްސް އެސީސިއޭޝަން އޮފް މޯލްޑިވްސް
އިވެންޓް އޮގަނައިޒަރު އައި ރަނާސް
އިތުރު ޕާޓްނަރުންނާއި އޮގަނައިޒަރުންގެ ތެރޭގައި ލައިފް ސަޕޯޓް، އީވޯ، އީވް ގާމެންޓްސް، މޯލްޑިވިއަން، ރެޑް ކްރެސެންޓް، ހިތަދޫ ރީޖަނަލް
ހޮސްޕިޓަލް، އެމްއެންޑީއެފް އަދި މޯލްޑިވްސް ޕޮލިސް ސާވިސް ހިމެނެ އެވެ.
މެރެތަން ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ހެނދުނު 09:30 ގައި އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައެވެ.