އެޑިއުކޭޝަން މެލޭޝިއާ އެކްސްޕޯ މިއަދާއި މާދަމާ މާލޭގައި ކުރިއަށްދާ އިރު 250 ސްކޮލަޝިޕްގެ ފުރުސަތު މިހާރު ހުޅުވާލައިފިއެވެ.
މަތީތައުލީމް ހާސިލް ކުރަން ބޭނުންވާ ފަރާތްތަކަށް 250 ސްކޮލަޝިޕް ހުޅުވާލާފައިވަނީ އެޑިއުކޭޝަން މެލޭޝިއާ ގްލޯބަލް ސާވިސް (އީއެމްޖީއެސް) އާއި ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަން (ޑީއައިއީ) އެކްސްޕޯގައެވެ.
އެކްސްޕޯގެ ހަރަކާތްތައް އާޓް ގެލަރީގައި މާދަމާ ހަވީރު 16:00 އިން ރޭގަނޑު 22:00 އަށް ކުރިއަށްދާއިރު މިއީ މި ސްކޮލާރޝިޕްތަކަށް މާލެއިން މައުލޫމާތު ލިބޭނެ ފަހު ފުރުސަތެވެ.
މި އެކްސްޕޯގެ ހަރަކާތެެއް އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހު ހިތަދޫ ނޫރާނީ ސްކޫލްގައިވެސް ކުރިއަށްދާނެއެވެ. އައްޑޫގައި ބާއްވާ އެކްސްޕޯ އޮންނާނީ ޖުލައި 1 ވަނަ ދުވަހުގެ ހަވީރު 16:00 އިން 22:00 އަށެވެ.
މެލޭޝިއާގެ އެންމެ މަޝްހޫރު އަދި މަތީ ފަންތީގެ 15 ޔުނިވާސިޓީއަކުން ބައިވެރިވާ މި އެކްސްޕޯގައި ޔުނިވާސިޓީތަކުން ލިބެންހުރި ކޯސްތަކާ ބެހޭ މައުލޫމާތު ދިނުމާއި، އެޕްލިކޭޝަން ފޯމު ފުރުމާއި، ވަގުތުން ޕްލޭސްމެންޓް ހަމަޖައްސައިދިނުމާއި މެލޭޝިއާގެ ސުޓޫޑަންޓް ވިސާއާ ބެހޭ މައުލޫމާތު ލިބޭނެއެވެ.
އަދި ޑިޕާޓްމަންޓު އޮފް ހަޔަ އެޑިއުކޭޝަން (ޑީއެޗްއީ) އިން ދެމުންގެންދާ ޚިދުމަތްތަކާްއި ސްޓޫޑެންޓް ލޯނު ތަކުގެ މައުލޫމާތު ލިބޭނެއެވެ.