Last Updated: June 6, 09:27
Saturday, June 6, 2026
ޚަބަރު

ރިޔާސީ އިންތިހާބަށް ކުރިމަތި ނުލާން ނަޝީދު ނިންމައިފި

ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމުގެ ފުރުސަތު ލިބިވަޑައި ނުގަންނަވާނެތީ، އެމްޑީޕީގެ ރިޔާސީ ޓިކެޓު ދޫކޮށްލައްވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދު ވަނީ އިދިކޮޅު ފަރާތްތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕަށް މިއަދު ފޮނުއްވި މެސެޖެއްގައި އެކަން ހިއްސާ ކުރައްވާފައެވެ.

އިންތިހާބުގައި ކުރިމަތި ނުލައްވަން ނަޝީދު ނިންމެވީ، "ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނަ އެމްޑީޕީގެ ކެންޑިޑޭޓެއް ނެތިދާނެ ކަމުގެ ކަންބޮޑުވުމަށް އިޖާބަ ދެއްވުމުގެ ގޮތުން" ކަމަށް އެ މެސެޖުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.