Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

އައްޑޫ މެރަތަން ވާޑިއަން ކާމިޔާބުކޮށްފި

އައްޑޫ މެރަތަން 2018 އެމެރިކާގެ މަޝްހޫރު އަލްޓްރާ މެރެތަނާ މައިކަލް ވޯޑިއަން ކާމިޔާބުކޮށްފި އެވެ.

ވާޑިއަން މެރަތަން ކާމިޔާބްކޮށްފަ އިވަނީ 2 ގަޑި 42 މިނެޓުންނެވެ. ރޭ ފަތިހު ފެށި މެރަތަންގައި ވަރަށް ގިނަ ބަޔަކު ވަނީ ބައިވެރިވެ، މެރަތަން ނިންމާލާފައެވެ.

އައްޑޫ މެރަތަން އަކީ އައްޑޫގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގެ މީހުން އަދި ބޭރުގެ ބައެއް ދުވުންތެރިންވެސް ބައިވެރިވި މެރަތަންއެކެވެ.

މި ފަހަރުގެ އައްޑޫ މެރަތަންގެ ޕާޓްނަރުންނަކީ:

ބްރޯންޒް ސްޕޮންސާ: ޝަންގްރިއްލާ ރިސޯޓް އެންޑު ސްޕާ
ބޭންކިން ޕާޓްނަރު: ބޭންކު އޮފް މޯލްޑިވްސް
ޑިޖިޓަލް ޕާޓްނަރު: އުރީދޫ
ހޮސްޓިން ޕާޓްނަރު: އައްޑޫ ސިޓީ ކައުންސިލް
އެކޮމޮޑޭޝަން ޕާޓްނަރު: އީކުއޭޓަ ވިލެޖް
ކިޑްސް ޓްރެއިނިން ޕާޓްނަރު: ދިވާ އެކަޑަމީ
މީޑިއާ ޕާޓްނަރު: އައްޑޫލައިވް
ޗެރިޓީ ޕާޓްނަރު: ޓައިނީ ހާޓްސް އޮފް މޯލްޑިވްސް
އިންޓަނޭޝަނަލް ޓްރެވަލް ޕާޓްނަރުު: ސްރީލަންކަން އެއާލައިންސް