އައި ރަނާސްގެ ފަރާތުން އައްޑޫގައި ބޭއްވި ދެވަނަ "އައްޑޫ މެރަތަން" ފޯރި އާއި ޖޯޝާއި އެކު ރަން ވަނަ ތަކާއި އެކު ނިންމާލައިފިއެވެ.
ޜޭ ދަންވަރު 2:30ގައި ފެށި މެރަތަން ކާމިޔާބުކޮށްފައިވަނީ އެމެރިކާގެ އަލްޓްރާ މެރެތަނާ މައިކަލް ވޯޑިއަންއެވެ. މިފަހަރުގެ އައްޑޫ މެރަތަން ޕްރޮމޯޓު ކުރުމަށާއި، އެކު ދުވުމަށް އާއިލާ އާއި އެކު އައްޑޫއަށް އައި ވާޑިއަން ދުވުން ނިންމާފައިވަނީ 2 ގަޑި 42 މިނެޓުންނެވެ.
އައްޑޫ މެރަތަންގެ ފުލް މެރަތަން ގައި ޖުމްލަ 12 ދުވުންތެރިން ދުވި އިރު ފިރިހެނުންގެ މެރަތަންގެ 2 ވަނަ ހޯދާފައިވަނީ ރާއްޖޭގެ މެރަތަނާ ނައުފަލް އީސާއެވެ. ނައުފަލް ދުވުން ފުރިހަމަކޮށްފައިވަނީ 3:29:50 ގަޑިންނެވެ. ތިން ވަނަ އަހުމަދު ޖަވާދު ހޯދާފައިވަނީ 3:35:47 ގަޑިންނެވެ.

އަންހެނުންގެ މެރަތަން ކާމިޔާބުކޮށްފައިވަނީ ރާއްޖޭގެ އަންހެން މެރަތަން ޗެމްޕިއަން މަރިޔަމް އަބްދުލް ކަރީމް (މަރީ) އެވެ. މަރީ ދުވުން ފުރިހަމަކޮށްފައިވަނީ 3:38:09 ގަޑިންނެވެ. ދެވަނަ އައިޝަތު އިންތި ހޯދާފައިވަނީ 4:29:30 ގަޑިންނެވެ. ތިން ވަނަ ޒާހިރާ މިޓްރާ ޒުބައިރު ހޯދާފައިވަނީ 4:37:46 މިނިޓުންނެވެ.

ހާފް މެރަތަންގެ ފިރިހެނުންގެ އެއްވަނަ ހޯދީ އެރޯލް ޗެންއެވެ. ދެވަނަ އަހުމަދު ނިޒާމް ހޯދިއިރު ތިން ވަނަ ހޯދާފައިވަނީ ހައްމާދު ޝަފީގުއެވެ.
ހާފް މެރަތަންގެ އަންހެން އެއްވަނަ ހޯދީ ހުސްނާ މުހައްމަދު އެވެ. ދެވަނަ ފާޠިމަތު މުހައްމަދު މަނިކު ހޯދިއިރު ތިން ވަނަ ހޯދީ ވަފިއްޔާ ހުސެއިންއެވެ.

10 ކިލޯ މީޓަރުގެ ވަނަތައް:
ފިރިހެން:
1- އަބްދުލް ރަޝީދު އިސްމާއިލް
2- ސުނާން އަހުމަދު
3- ހަސަން އައިމަން
އަންހެން
1- މަރިޔަމް މައުޝޫދާ މަލާ
2- ފާޠިމަތު ނަޖްވާ
3- ފާޠިމަތު ހިންދު
5 ކިލޯ މީޓަރގެ ވަނަތައް:
ފިރިހެން:
1- ޒައިދު ޝަރީފް
2- މުހައްޖިރު ޒިޔާދު މުހައްމަދު
3- އަހުމަދު ވާފިރު
އަންހެން:
1- ނަސާއިމް ނަސީމް
2- އާމިނަތު އައިނީ އަބްދުﷲ
3- ފާޠިމަތު ޔަސްމީން ހަސަން ފާއިޒު
3.2 ކިޑްސް ވަނަތައް:
ފިރިހެން:
1- މީކާއިލް މިސްބާހު ނަޒީރު
2- މީކާއިލް އިޔާޒު ނަސީރު
3- އަހުމަދު ޔަލްމާން އިޝްފާގު
އަންހެން:
1- އައިޝަތު ނަފްހާ ނަޝީދު
2- މަރިޔަމް ޔަޒްކާ ޠޮލްހަތު
3- އައިޝަތު ލާނާ ޠޮއްޔިބު
1.6 ކިލޯމީޓަރ ކިޑްސްވަނަތައް:
ފިރިހެން:
1- މުހައްމަދު ޒަލަފް ނަދީމް
2- އަބްދުލް އައިހަމް އިބްރާހިމް ދީދީ
3- އަހުމަދު އަލްސަން
އަންހެން:
1- އައިޝަތު ޝައިޔަމް
2- އާމިނަތު ޒީވާ އާމިރު
3- އާމިނަތު އައިކާ އަހުޔަދު
މިއަދުގެ މެރަތަންގެ ވަނަވަނަތަކަށް ފައިސާގެ އިނާމު ދީފައިވާ އިރު މި މެރަތަންގައި މާލެ އާއި އައްޑޫ އަދި ރާއްޖޭން ބޭރުން ދުވުން ތެރިންވަނީ ބައިވެރިވެފައެވެ.
މިފަހަރުގެ ދުވުގެ ތީމަކީ ދިވެހިވަންތަ ކަން ދައްކުވައިދޭ ތީމެކެވެ. އެގޮތުން އައި ރަނާސްއިން ވަނީ މިފަހަރުގެ ދުވުން ތަފާތު ކުރުމަށް ގިނަ މަސައްކަތެއް ކޮށްފައެވެ. މެރަތަންގެ އެކްސްޕޯ ގަމުގެ އީކުއޭޓަރ ވިލެޖްގައި ކުރިއަށް ގެންދިޔަ އިރު މެރަތަންގެ އެމްބެސެޑަރ އަދި މެރަތަން ކާމިޔާބު ކުރި ވާޑިއަން މެދުވެރިކޮށް އައްޑޫ މެރަތަން ވަނީ ޕްރޮމޯޓުކޮށްފައެވެ.
އައްޑޫ މެރެތަންގެ އޮފިޝަލް ސްޕޮންސަރުންނާއި ޕާޓްނަރުން:
ޗެރިޓީ ޕާޓްނަ ޓައިނީ ހާޓްސް އޮފް މޯލްޑިވްސް
ސިލްވަ ސްޕޮންސަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ
ސިލްވަ ސްޕޮންސަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ލޮޖިސްޓިކް ޕާޓްނަރު އައިލެންޑް އެކްސްޕްރެސް
އޯޑިއޯ ވިޝުއަލް ޕާޓްނަރު އޮބްޖެކްޓް ޕްރައިވެޓް ލިމިޓެޑް
ބްރޯންޒް ސްޕޮންސަ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕަރ
އެކޮމޮޑޭޝަން ޕާޓްނަރު އީކުއޭޓަރ ވިލެޖް
ޑިޖިޓަލް ޕާޓްނަރު އުރީދޫ މޯލްޑިވްސް
މީޑިއާ ޕާޓްނަރު އައްޑޫ ލައިވް
ކިޑްސް ޓްރެއިނިން ޕާޓްނަރު ދިވާ އެކެޑެމީ
ބްރޯޑްކާސްޓިންގ ޕާޓްނަރު މޯލްޑިވްސް ޓީވީ
ހައިޑްރޭޝަން ޕާޓްނަރު ވަން ޑިގްރީ ސައުތް
ހޯސްޓިން ޕާޓްނަ އައްޑޫ ސިޓީ ކައުންސިލް
ބޭންކިންގ ޕާޓްނަރު ބޭންކް އޮފް މޯލްޑިވްސް
އެއަރޕޯޓް ޕާޓްނަރު އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް
ޓައިމިންގ ޕާޓްނަރު އެތްލެޓިކްސް އެސީސިއޭޝަން އޮފް މޯލްޑިވްސް
އިވެންޓް އޮގަނައިޒަރު އައި ރަނާސް
އިތުރު ޕާޓްނަރުންނާއި އޮގަނައިޒަރުންގެ ތެރޭގައި ލައިފް ސަޕޯޓް، އީވޯ، އީވް ގާމެންޓްސް، މޯލްޑިވިއަން، ރެޑް ކްރެސެންޓް، ހިތަދޫ ރީޖަނަލް
ހޮސްޕިޓަލް، އެމްއެންޑީއެފް އަދި މޯލްޑިވްސް ޕޮލިސް ސާވިސް ހިމެނެ އެވެ.