އއ. އުކުޅަސް: އެމްޑީޕީގެ އާދފަޔާ ހިލާފު ކޮންގްރެސް މިއަދު ހެނދުނު 10 ޖަހާއިރު އުކުޅަހުގައި ފެށުމަށް ތައްޔާރު ވަމުން އަންނަ އިރު ކޮންގްރެސްގައި ބައިވެރިވުމަށް އެމްޑީޕީގެ މެމްބަރުންތައް މިހާރު އުކުޅަހަށް އަންނަން ފަށައިފިއެވެ.
،މިއަދުގެ ކޮންގްރެސްގައި އެމްޑީޕީގެ ގޮފިތަކުން މުޅި ރާއްޖެއިން ހާހެއްހާ މެމްބަރުން ބައިވެރިވާއިރު މިއީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކޮންގްރެސްއެވެ. އަދި މިއީ މިފަދައިން އަތޮޅު ތެރޭ ރަށެއްގައި ބާްއްވާ މިފަދަ ސިޔާސީ އެންމެ ބޮޑު އެއްވުމެވެ.

އެމްޑީޕީގެ ކޮންގްރެސް މަނުންނަށް މަރުހަބާ ކިޔުމަށް މުޅި އުކުޅަސް "ރަން ރީނދޫ" ކޮށްފައިވާ އިރު ހުރިހާކަމެއްވެސް ވަނީ ވަރަށް ފުރިހަމަ ގޮތެއްގައި އިންތިޒާމް ކުރެވިފައެވެ. މެމްބަރުން އުކުޅަހަށް އައިސް ހެނދުނުގެ ނާސްތާ ނަގަމުން އަންނަ އިރު ކުޑައިރުކޮޅެއްގެ ތެރޭގައި ކޮންގްރެސްގެ ކަންކަން ފެށިގެންދާނެއެވެ.

އެމްޑީޕީގެ ކޮންގްރެސް މިއަދު ފެށޭއިރު އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު ކުރީގެ ރައީސް މުހައްމަދު ނަޝީދު މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާނެކަން ވަނީ އިއްލާން ކުރައްވާފައެވެ. އެހެންވެ ކޮންގްރެސްގެ އެންމެ ބޮޑު ހަރަކާތަކަށް ވެގެންދާނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ކަނޑައެޅުންކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

ތަފްސީލް އަންނަނީ…