Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

"މިއީ ޑިމޮކްރެސީ ދަމަހައްޓަން އޮތް ހަމައެކަނި ގޮތް"

ކުރީގެ ރައީސް މުހައްމަދު ނަޝީދު، ފޮޓޯ: ރޮއިޓާސް

ރާއްޖޭގައި ޑިމޮކްރަސީ ދެމެހެއްޓުމަށް އޮތް ހަމައެކަނި ގޮތަކީ އިދިކޮޅު އިއްތިހާދުން އެކުގައި ނިކުމެ، ރައީސް ޔާމީން ބަލިކުރުން ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓު ކާމިޔާބުކުރައްވައި އިންތިޚާބުގައި ވާދަކުރައްވަން ނިންމެވުމުން އިލެކްޝަންސް ކޮމިޝަނުން އެކަމަށް ހުރަސްއަޅަމުންދާ ކަމަށް ބުނެ ނަޝީދު ވަނީ އިންތިޚާބުގައި ވާދަނުކުރެއްވުމަށް ގަސްދުކުރައްވާފައެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނު ވާދަކުރައްވާނަމަ އެމްޑީޕީއަށް އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އަންގާފައިވާތީ އެހެން ބޭފުޅަކަށް ފުރުސަތު ދެއްވުމުގެ ގޮތުން ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވަން ގަސްދުކުރައްވާފައިވާ ކަމަށެވެ.

އަދި ގުޅިފައިވާ އިދިކޮޅު އިއްތިހާދުން އެއް ކެންޑިޑޭޓަކަށް އެއްބަސްވެ، އެކީގައި އިންތިޚާބުގައި މަސައްކަތް ކުރުމަށް ނިންމެވި ނިންމުމަށް ނަޝީދު ވަނީ ވަރަށް ބޮޑަށް ތައުރީފް ކޮށް މަރުހަބާ ދަންނަވާފައެވެ.