Last Updated: June 11, 19:13
Thursday, June 11, 2026
ޚަބަރު

ވޮއްމުލި ރިސޯޓްގެ ސްޕާއެއްގައި ރޯވެއްޖެ

ވޮއްމުލި ރިސޯޓުގެ ސްޕާގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފް އިން ކޮންޓްރޯލް ކުރަނީ-

ސެއިންޓް ރީޖިސް ވޮށްމުލި ރިސޯޓުގެ ސްޕާއެއްގައި ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ދ. އަތޮޅުގައި ސެއިންޓް ރިޖީސް އިން ހުޅުވާފައިވާ މިލަކްޒަރީ ރިސޯޓަކީ ފަތުރުވެރިކަމުގެ ދާއިރާގެ ބައިނަލް އަގުވާމީ އިވެންޓެއް ކަމަށްވާ ވޯލްޑް ސްޕާ އެވޯޑްސް ވެސް ބާއްވަން ހަމަޖެހިފައިވާ ރިސޯޓެވެ.

ވޮއްމުލި ރިސޯޓުގެ "އިރީޑިއަމް ސްޕާ" ވަނީ ނިމިގެން ދިޔަ އަހަރުގެ ވޯލްޑް ސްޕާ އެވޯޑްސް ގައި އެންމެ ރީތި ޑިޒައިންގެ އެވޯޑުވެސް ހޯދާފައެވެ.

ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ޚަބަރު ލިބުނީ މިއަދު ހެނދުނު 9:00 ގައި ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. އަދި ސްޕާގައި ރޯވި އަލިފާންގަނޑު ގަޑިއެއްހާއިރު ތެރޭ ކޮންޓްރޯލް ވެފައިވާ ކަމަށް ވެސް ގައުމީ ދިފާއީ ބާރުން މައުލޫމާތު ދެއެވެ.