Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ދެ މީހަކު ދަތުރު ކުރި ލޯންޗެއް އަޑިއަށް ހިނގައްޖެ

ހއ. ދިއްދޫން ފުރައިގެން އެއަތޮޅު މަނަފަރަށް ދަތުރު ކުރި ލޯންޗެއް ފަޅުވެރިންނާއެކު ބަންޑުން ޖަހާލައި، އަޑިއަށް ހިނގައްޖެ އެވެ.

މި ހާދިސާ ހިނގި އިރު ލޯންޗްގައި ތިބީ ދެ މީހުން ކަމަށާއި އެ ދެ މީހުންވެ ސް ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ދެ މީހުން ވެސް ސަލާމަތްކޮށްގެން ދިއްދު އަށް ވަނީ ގެންގޮސްފަ އެވެ.

ފުލުހުން ބުނީ ވަނީ ލޯންޗް އަޑިއަށް ގޮސްފައިވާ ކަމަށާއި އުޅަނދު އަޑިއަށް ދިޔަ ސަބަބު އަދި ދަނެގަނެވިފައި ނުވާ ކަމަށެވެ.