Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

ލޯންޗެއްގެ ބުރަފަތީގައި ޖެހި ޓޫރިސްޓަކު މަރުވެއްޖެ

ބ. އަތޮޅު ފިނޮޅު މޯލްޑިވްސް ރިސޯޓުގެ ފަޅުތެރޭގައި ފީނަން އުޅުނު ދެ ޓޫރިސްޓެއްގެ ގައިގައި ލޯންޗެއްގެ ބުރަފަތިން ޖެހި އެކަކު މަރުވެއްޖެ އެވެ.

ޗައިނާގެ ދެމަފިރިން ފީނަން އުޅެނިކޮށް ޖެހުނީ އެ ރިސޯޓްގެ ލޯންޗަކުން ކަމަށް މައުލޫމާތު ލިބެއެވެ. މީގެ ތެރެއިން ފިރިހެން މީހާ މަރުވެފައިވާއިރު އަންހެން މީހާއަށް އަންނަނީ އެއަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ބ. އަތޮޅު ހޮސްޕިޓަލުން މައުލޫމާތުދޭ ގޮތުގައި މިއަދު ހެނދުނު 11:15 ހާއިރު ލޯންޗެއްގެ ބުރަފަތީގައި ޖެހިގެން ދެ ފަތުރުވެރިއެއް ވަނީ އެ ހޮސްޕިޓަލަށް ގެނެސްފައެވެ. އަދި ހޮސްޕިޓަލަށް ގެނައި އިރުވެސް އެތަނުން ފިރިހެން މިހާ ވަނީ މަރުވެފައި ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެ އެވެ.

އަދި އަންހެން މިހާގެ މޫނުމަތި ޒަހަމްވެފައިވާއިރު މިހާރު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ހޮސްޕިޓަލުން މައުލޫމަތުދެއެވެ.