މަތީ ތައުލީމު ހާސިލް ކުރަން ބޭނުންވާ ޒުވާނުންނަށް ދޫކުރާ 250 ސްކޮލަޝިޕާ އެކު އެޑިއުކޭޝަން މެލޭޝިއާ އެކްސްޕޯ މާދަމާ އައްޑޫ ހިތަދޫ ނޫރާނީ ސްކޫލުގައި ބާއްވަން ނިންމައިފި އެވެ.
މި އެކްސްޕޯއަކީ އެޑިއުކޭޝަން މެލޭޝިއާ ގްލޯބަލް ސާވިސް (އީއެމްޖީއެސް) އާއި ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަން (ޑީއައިއީ) އެޑިއުކޭޝަން ގުޅިގެން ކުރިއަށް ގެންދާ އެކްސްޕޯއެކެވެ.
އައްޑޫގައި އެކްސްޕޯ ކުރިއަށް ދާނީ މާދަމާ ހަވީރު 4:00-10:00 އަށެވެ.
މެލޭޝިއާގެ އެންމެ މަޝްހޫރު އަދި މަތީ ފަންތީގެ 15 ޔުނިވާސިޓީއަކުން ބައިވެރިވާ މި އެކްސްޕޯގައި ޔުނިވާސިޓީތަކުން ލިބެން ހުރި ކޯސްތަކާ ބެހޭ މައުލޫމާތު ދިނުމާއި އެޕްލިކޭޝަން ފޯމު ފުރުމާއި، ވަގުތުން ޕްލޭސްމެންޓް ހަމަޖައްސައި ދިނުމާއި މެލޭޝިއާގެ ސުޓޫޑަންޓް ވިސާއާ ބެހޭ މައުލޫމާތު ފޯރުކޮށް ދޭނެ އެވެ.
މީގެ އިތުރުން ޑިޕާޓްމަންޓު އޮފް ޑީއެޗުން ދެމުން ގެންދާ ޚިދުމަތްތަކާއު ސްޓޫޑަންޓް ލޯނުތަކުގެ މައުލޫމާތު ދޭނެ އެވެ.