އަންނަ ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ކެންޑިޑޭޓަކަށް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހަމަޖައްސަން ކޮންގެރެސްއިން ފާސްކޮށްފިއެވެ.
އއ. އުކުޅަހުގައި މިއަދު ހެނދުނުން ފެށިގެން ކުރިއަށްދާ އެޕާޓީގެ އާދަޔާ ހިލާފު ކޮންގެރެސްއަށް ރިޔާސީ ކެންޑިޑޭޓާއި ގުޅޭ ގޮތުން ހިތަދޫ އުތުރު ދައިރާގެ މެމްބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ އެޕާޓީގެ ރިޔަސީ ޓިކެޓް އިބޫއަށް ދިނުމަށާއި، އިލެކްޝަންއަށް ފުރުސަތު ފަހިވެއްޖެ ނަމަ ކެންޑީޑޭޓަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ.
އިބޫ ރިޔާސީ ކެންޑިޑޭޓަކަށް ހޮވުނީ ހާޒިރުވި 791 މެމްބަރުންގެ އިއްތިފާގުންނެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓް މީގެ ކުރިން ލިބެނީ އެޕާޓީން ރިޔާސީ ކެންޑިޑޭޓުކަމަށް ކުރިމަތި ލުމަށް ހުޅުވާލުމުން ޕާޓީގެ މެމްބަރުންގެ މެދުގައި ބާއްވާ ސިއްރު ވޯޓުން ޕްރައިމަރީ ކާމިޔާބު ކުރައްވާ ފަރާތަކަށެވެ.
ނަމަވެސް މިއަދު އެޕާޓީގެ ކޮންގްރެސްއިން ވަނީ ޕާޓީގެ އަސާސީ ގަވައިދު އިސްލާހުކޮށް އެއްވެސް ސަބަބަކާއި ހުރެ ރިޔާސީ ކެންޑިޑޭޓު އިންތިޚާބުގައި ކުރިމަތިނުލެވިއްޖެ ނަމަ، ނުވަތަ އެއްވެސް ސަބަބަކާ ހުރެ، އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަނުކުރަން ނިންމައިފި ނަމަ، ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައަޅާނީ ޕާޓީގެ ކޮންގްރެސް ނުވަތަ ގައުމީ މަޖިލީހުން ކަމަށެވެ.
ތަފްސީލް އަންނަނީ….