Last Updated: June 9, 16:46
Tuesday, June 9, 2026
މުނިފޫހިފިލުވުން

"އިންޑިއާސް މޯސްޓް ވޯންޓެޑް" ގެ ޝޫޓިން އޮގަސްޓްގައި

އަރްޖުން ކަޕޫރު އޭނާގެ ފިލްމް "އިންޑިއާސް މޯސްޓް ވޯންޓެޑް" ގެ ޝޫޓިންގ އޯގަސްޓް މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ޔަގީންކޮށް ދީފިއެވެ.

އަރްޖުން މިކަން ޔަގީންކޮށް ދީފައިވަނީ "ނަވްބާރަތް ޓައިމްސް އުތްސަވް 2018" ގެ 68 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ތެރެއިން ނޫސްވެރިންނާއި ދެއްކި ވާހަކައިގައެވެ.

ކުރިޔަށް ހުރި ދުވަސްތަކުގައި އަރުޖުންގެ 4 ފިލްމެއް ފެނިގެންދާނެ ކަމަށް ބެލެއެވެ.

އޭނާގެ ކުރިޔަށް ހުރި ޕްރޮޖެކްޓް ތަކާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން އަރްޖުން ބުނެފައިވަނީ ޕަރިނީތީ ޗޯޕްޅާ އާއި އެކު އޭނާ ފެނިގެންދާ ފިލްމް" ނަމަސްތޭ އިންގްލެންޑް" އޮކްޓޫބަރު މަހު ރިލީޒް ވާނެ ކަމަށެވެ. އޭގެ ފަހުން ދިބާކަރް ބެނާޖީގެ ފިލްމެއް ވެސް ރިލީޒް ވާނެ ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން "އިންޑިއާސް މޯސްޑް ވޯންޓެޑް" އަދި "ޕާނީޕަޓް" ވެސް ވަރަށް އަވަހަށް ރިލީޒް ވެގެންދާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ފާއިތުވީ ހަތް އަހަރު ތެރޭ ބެލުންތެރިންގެ ފަރާތުން އޭނާއަށް ލިބުނު ލޯތްބާއި ސަޕޯޓް މި ފިލްމްތަކަށް ވެސް ލިބިގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށް އަރުޖުން ވަނީ ބުނެފައެވެ.

" އަހަރެން ރާޖް ކުމާރު ގުޕްތާ ޑައިރެކްޓް ކުރާ ފިލްމް "އިންޑިއާސް މޯސްޓް ވޯންޓެޑް" ގެ ޝޫޓިންގ އޯގަސްޓްމަހު ފަށާނަން. އަހަރެން މި ބަލަނީ ތަފާތު ވައްތަރުގެ ފިލްމްތައް ކުޅެވޭތޯ. ބަލަމާ ހިނގާ އޯޑިއަންސްގެ ފަރާތުން ލިބޭ ތަރުހީބު" އަރުޖުން ބުންޏެވެ.

"އިންޑިއާސް މޯސްޓް ވޯންޓެޑް" ގައި އަރުޖުން ފެނިގެންދާނީ އިންޓެލިޖެންސް އޮފިސަރެއްގެ ރޯލުންނެވެ. މި ފިލްމް ޝޫޓް ކުރުމަށް ހަމަޖެހިފައިވަނީ ނޭޕާލް އަދި ދިއްލީގައެވެ.

މި ފިލްމުން ފެނިގެންދާނީ ސިކްރެޓް މިޝަން އެއްގެ ތެެރެއިން ޓެރަރިސްޓެއް ހައްޔަރު ކުރެވޭ މަންޒަރެވެ.