Last Updated: April 18, 06:09
Thursday, April 18, 2024
މީހުން

ހުޅުދޫ ސްކޫލްގެ ޕްރިންސިޕަލަކަށް ނާޒް

މިދިޔަ މެއި މަހުން ފެށިގެން ޕްރިންސިޕަލަކު ނެތް ހުޅުދޫ ސްކޫލްގެ ޕްރިންސިޕަލަކަށް ނާޒްނީން އަބްދުﷲ (ނާޒް) ހަމަޖައްސައިފި އެވެ.

ހިތަދޫ ސަގަރުގޭ ނާޒް މަގާމާ ހަވާލުވުމަށް ފަހު މިއަދު ވަނީ ރަސްމީކޮށް ސްކޫލަށް ނިކުންނަވަން ވެސް ފައްޓަވައިފަ އެވެ.

ކުރިން އައްޑޫ ހައި ސްކޫލްގެ ކެމިސްޓްރީ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދެވި ނާޒް ވަނީ މެނޭޖްމަންޓްގެ ދާއިރާ އިން މާސްޓާޒް ހައްދަވައިފަ އެވެ.

އޭނާ ވަނީ ށ. މިލަންދޫ ސްކޫލްގެ ޕްރިންސިޕަލެއްގެ މަގާމު ވެސް ކުރިން ފުރުއްވައިފަ އެވެ.

ގްރޭޑް 1-8 އަށް ކިޔަވައިދޭ ހުޅުދޫ ސްކޫލުގެ ޕްރިންސިޕަލަކަށް ކުރިން ހުންވެނީ މޫސާ ސިއްދީގެވެ. އެކަމަކު މެއި މަހު އޭނާ ވަނީ މަގާމުން ރިޓަޔަ ކުރައްވައިފަ އެވެ.