Last Updated: June 26, 10:52
Friday, June 26, 2026
ޚަބަރު

އީސީ ޝަރީފުގެ ދަރަނީގެ މައްސަލައެއް ސިވިލް ކޯޓުގައި

އީސީގެ ރައީސް އަހުމަދު ޝަރީފު - ފޮޓޯ: ޕީއެސްއެމް

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙުމަދު ޝަރީފުގެ ދަރަނީގެ މައްސަލައެއް ސިވިލް ކޯޓުގައި ހިނގަމުން އެބަދެ އެވެ.

"ދަޕްރެސް" އިން ރިޕޯޓްކުރާ ގޮތުގައި ސިވިލް ކޯޓްގައި ޝަރީފުގެ މައްޗަށް ހިނގަމުންދާ އެ ދައުވާއަކީ ލ. ފޮނަދޫ ޑޮލްފިންހައުސް، އިބްރާހީމް ނަސީހު، ބޭންކް ގެރެންޓީއެއްގެ ގޮތުގައި އީސީ ޝަރީފަށް ދިން 150،000 އެމެރިކާ ޑޮލަރު، އޭނާ އަނބުރާ ނުދެއްވި ކަމަށް ބުނެ ކުރާ ދައުވާ އެކެވެ.

އެއީ އަހުމަދު ނިޝްރީނު ކިޔާ މީހަކާ އެކު ޝަރީފު 28 ޖޫން 2013 ގެ ނިޔަލަށް 80،000 އެމެރިކާ ޑޮލަރު (83،5000 ރުފިޔާ) ދިނުމަށް އެއްބަސްވެ، އެ ދެއްކުމަށް ދިން ބެންކް ގެރެންޓީގެ އިތުރަށް، އިބްރާހީމް ނަސީހުގެ އަތުން ޝަރީފު އިތުރަށް ހޯއްދެވި 50،000 ޑޮލަރު، އިބްރާހީމް ނަސީހަށް ދީފައި ނުވާ ކަމަށް ބުނެ ހިނގަމުން އަންނަ ދައުވާ އެކެވެ.

އިބްރާހީމް ނަސީހު އާއި ހަވާލާދީ "ދަޕްރެސް" އިން ރިޕޯޓްކުރާ ގޮތުގައި އެ މައްސަލަ ކޯޓްގައި މަޑުޖެހިފައި އޮންނަތާ މިހާރު މިވަނީ ފަސް އަހަރެވެ. އަދި އެ މައްސަލަ އޭނާއާ އެއްކޮޅަށް ނިމޭނެކަމާމެދު އެއްވެސް ޔަޤީންކަމެއް ނެތް ކަމަށާއި މައްސަލަ ޖެއްސިކަން ލީކުވީމަ، ޖަލަށް ލާފާނެ ކަމުގެ ބިރުވެސް އެބައޮތް ކަމަށް އިބްރާހީމް ނަސީހު ބުނެއެވެ.

މި މައްސަލާގައި އީސީ ޝަރީފްގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.