Last Updated: June 26, 10:52
Friday, June 26, 2026
ޚަބަރު

އިބޫއަށް ޓިކެޓް ދިނުމަކީ ރަނގަޅު ފިޔަވަޅެއް: ޝައިނީ

ކުރީގެ ފިޝަރީޒް މިނިސްޓަރ ޝައިނީ - ފޮޓޯ: ސަން

އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) އަށް ދިނުމަށް ނިންމުމަކީ ސިޔާސީ ހަމަޖެހުމާއި ދިމާއަށް އެޅި ރަނގަޅު ފިޔަވަޅެއް ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ޝައިނީ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ޝައިނީ ވިދާޅުވެފައި ވަނީ އެމްޑީޕީގެ ކޮންގްރެސް އިން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް އިބޫ ހޮވުމަކީ ސިޔާސީ ހަމަޖެހުމާއި ދިމާއަށް އެޅި ފިޔަވަޅެއް ކަމަށެވެ.

އަދި އިބޫ އަކީ ޤާނޫނު އަސާސީގައި ބުނާ ޝަރުތުުތައް ފުރިހަމަވާ ބޭފުޅެއް ކަމަށްވެސް ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ މިހާ ހިސާބުން އިޚްލާސްތެރި ކެމްޕޭނެއް ފެށިގެންދާނެކަމަށް އުއްމީދުކު ރައްވާކަމަށެވެ.

ކެމްޕޭން ފެށޭނެކަމަށް އުއްމީދުކުރައްވާކަމަށް ޝައިނީ ވިދާޅުވިިރު، 'ޖަޒީރާ ރާއްޖެ'ގެ ނަމުގައި އެމްޑީޕީއިން ކުރި ކެމްޕޭނަށް ފުލުހުން ވަނީ ހުރަސް އަޅާފައެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް އިބޫ އަށް ދިނީ އެ ޕާޓީގެ ޕްރައިމަރީ މިއަހަރު ކާމިޔާބުކުރެއްވި ރައީސް ނަޝީދަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން ކުރިމަތިލުމަށް ފުރުސަތު ލިބިއްޖެނަމަ އިބޫގެ ނަން އަނބުރާ ގެނެސް އެ ފުރުސަތު ރައީސް ނަޝީދަށް ދޭން އެއްބަސްވާ ގޮތަށެވެ.