Last Updated: June 9, 16:46
Tuesday, June 9, 2026
ޚަބަރު

އިސްލާޙުކޮށް ވޯޓާސް ލިސްޓް ގެޒެޓްކޮށްފި

މިއަހަރުގެ ސެޕްޓެމްބަރު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވޯޓްލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ލިސްޓަށް ގިނަ އިސްލާޙު ތަކަކާއިއެކު ގެޒެޓް ކޮށްފިއެވެ.

އެގޮތުން ލިބުނު ޝަކުވާތަކާއި ގުޅިގެން 734 އަށް ވުރެ ގިނަ އިސްލާހު ގެނެސްފައިވެއެވެ.

ވޯޓާސް ލިސްޓް އާއްމުކޮށް މިދިޔަ މަހުގެ 10 ވަނަ ދުވަހު ގެޒެޓް ކޮށް ޝާއިޢު ކުރެވުމާއި ގުޅިގެން 2018 އަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީއަށް ހުށަހެޅުނު ޝަކުވާ ތަކާއި ގުޅިގެން ގެނެވުނު ބަދަލުތަކާއެކު މިވަނީ އަނެއްކާވެސް ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރެވިފައެވެ.

އިސްލާޙު ކުރެވުނު ލިސްޓް ގެޒެޓްގައި ޝާއިޢު ކުރީ މިއަދެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 23 ވާ އާދީއްތަ ދުވަހުއެވެ.