Last Updated: June 6, 09:27
Saturday, June 6, 2026
ޚަބަރު

ހުޅުދު އާއި މީދޫގައި ފާނަބަސަންދު ފެތުރެނީ

އައްޑޫ ސިޓީ ހުޅުދޫ އަދި މީދޫގައި ހަލުވި ކަމާއި އެކު ފާނަބަސަންދު ފެތެރުމެން އެބަދެއެވެ.

ހުޅުމީދޫ ސިއްހީ މަރުކަޒުން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވި ގޮތުގައި ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެހެން ނަމަވެސް މިހާތަނަށް އެރަށުގައި އެބަލި ޖެހިގެން ރިޕޯޓްކޮށްފައިވާ މީހުންގެ ޖުމްލަ އަދަދެއް އޭނާ ވިދާޅެއް ނުވެއެވެ.

ހުޅުދޫ އަދި މީދޫގައި ބާރު ސްޕީޑެއްގައި ފާނަބަސަންދު ފެތުރެމުންދާތީ ގުޅިގެން މީދޫގައި ހުންނަ ޝަމްސުއްދީން ސްކޫލުން އިއްޔެ ވަނީ ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް ބެލެނިވެރިންނަށް ހަނދާން ކޮށްދީފައެވެ.

އެ ސްކޫލުން ނެރުނު ބަޔާނުގައި ވަނީ، ފާނަބަސަންދަކީ ހަލުވިކަމާއެކު ގައިން ގަޔަށް އަރާ ބައްޔެއްކަމުން ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކުރައްވާ ޑޮކްޓަރަށް ދެއްކުމަށް އަދި ބަލި އެއްކޮށް ރަގަޅު ނުވަނީސް ކުދިން ސްކޫލަށް ނުފޮނުވުމަށް އެދިފައެވެ.