Last Updated: April 25, 12:03
Thursday, April 25, 2024
ދުނިޔެ

ގެއްލުނު ޓީމްގެ ކުދިން 9 ދުވަސް ފަހުން ފެނިއްޖެ

ޖޫން މަހުގެ 23 ވަނަ ދުވަހު ތައިލެންޑު އުތުރުގައިވާ ހޮހޮޅައަކަށް ގެއްލުނު އެގައުމުގެ ފުޓުބޯޅަ ޓީމަކަށް ނިސްބަތްވާ 12 ކުދިންނާއި އެ ކުދިންގެ ކޯޗް ދިރިތިއްބާ ފެނިއްޖެއެވެ،

ގެއްލުނު ޓީމްގެ ހުރިހާ މެމްބަރުންވެސް ދިރިތިއްބާ ފެނިފައިވާކަމަށް، ކުދިންނާއި ކޯޗު ހޯދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވި ބޭފުޅަކު ދެންމެއަކު ވަނީ ހާމަކޮށްފައެވެ.

އުމުރުން 11 އަހަރާއި 16 އަހަރާއި ދެމެދުގެ ކުދިންނާއި 25 އަހަރުގެ ކޯޗް ގެއްލުނުތާ މިއަދަށް މިވީ 9 ވަނަ ދުވަހެވެ.

ތައިލެންޑުގެ ގަވަރްނަރު ރިޕޯޓަރުންނަށް މައުލޫމާތުދެމުން ބުނެފައިވަނީ އެގައުމުގެ ނޭވީއަށް ވަނީ ގެއްލުނު އެންމެންވެސް ދިރިތިއްބާ ފެނިިފައެވެ. ނަމަވެސް ހޯދުމުގެ މަސައްކަތަށް ކުރިއަށްގެންދިޔަ އޮޕަރޭޝަން އަދި ނިމުމަކަށް ނާންނަ ކަމަށެވެ.

ތައިލެންޑުގެ ތަމް ލުއަންގް ހޮހޮޅައަށް މިޓީމް ގެއްލުނު ދުވަހުން ފެށިގެން އަންނަނީ އެގައުމުގެ ނޭވީއާއި އަދިވެސް އެހެން ގައުމުތަކުގެ އެހީއާކެ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ބޯ ވިއްސާރައިގެ ސަބަބުން ހޮހޮޅައިގައި ފެންބޮޑުވެ ކިސަޑު ވުމުގެ ސަބަބުން ހޯދުމުގެ މަސައްކަތައް ވަނީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެގެން ގޮސްފައެވެ.

ކުދިންނާއި ކޯޗު ހޯދުމުގެ މަސައްކަތް ކުރަމުންދިޔައިރު އެގައުމުގެ އިންޓީރިއަރ މިނިސްޓަރު ވަނީ ކުދިންނާއި ކޯޗު ދިރިތިއްބާ ފެނެމުގެ އުންމީދު ވަރަށް ބޮޑު ކަމަށް ބުނެފައެވެ. ކާނެ އެއްޗެއް ނުލިބުނު ކަމުގައިވިޔަސް ބޯނެ ފެން ހޮހޮޅައިގައި ހުންނާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޓީމު ހޯދުމުގެ މަސައްކަތުގައި ހޮހޮޅައަށް ވަން ޑައިވަރުންގެ ތެރޭގައި ޑޮކްޓަރުންވެސް ހިމެނެއެވެ. އެހެންކަމުން ވަގުތުން ވަގުތަށް ކުދިންނަށް ބޭނުންވާ އަވަސް ފަރުވާ ދެވިގެންދާނެކަމަށް ހޯދުމުގެ މަސައްކަތުގައި އުޅޭ އޮފިޝަލުން މައުލޫމާތުއެވެ.

އިތުރު ތަފްސީލް އަންނަނީ…