Last Updated: May 3, 17:51
Friday, May 3, 2024
މުނިފޫހިފިލުވުން

"ސަންޖޫ" ގެ ޕްރޮމޯ ލަވަ ދައްކާލައިފި

ސަންޖޭ ދަތުގެ ހަޔާތުގެ ވާހަޖަ ކިޔައިދޭ ފިލްމް "ސަންޖޫ" ހުކުރު ދުވަހު ރިލީޒް ކުރުމާ އެކު، ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު، ފިލްމް މިހާރު ވަނީ 100 ކްރޯޑް ކުލަބުން ވެސް ޖާގަ ހޯދައިފަ އެވެ.

މި އުފަލާ އެކު މިހާރު ވަނީ ފިލްމަށް ތައްޔާރު ކުރި ހާއްސަ ޕްރޮމޯޝަނަލް ލަވަ "ބާބާ ބޯލްތާ ހޭ" ވެސް އާންމުންނަށް ދޫކޮށްލައިފަ އެވެ. މި ލަވައިން ފެނިގެން ދަނީ ސަންޖޭ އާއި ފިލްމްގައި ސަންޖޭގެ ރޯލް ކުޅުނުޖ ރަންބީރް ކަޕޫރެވެ.

"ސަންޖޫ" އަކީ ރާޖްކުމާރް ހިރާނީ ޑައިރެކްޓް ކުރި ފިލްމެކެވެ. ފިލްމް ވަރަށް މޮޅު ކަމަށް ބުނެ ބައެއް ކްރިޓިކުން ވަނީ މިއީ ޕާސްޓާޕީސްއެއްގެ ގޮތުގައި ވެސް ސިފަކޮށްފަ އެވެ.

ފިލްމްގެ ކާސްޓުންގެ ތެރޭގައި ސޯނަމް ކަޕޫރް، ވިކީ ކޯޝަލް، އަނުޝްކާ ޝަރްމާ، މަނީޝާ ކޮއިރަލާ، ޕަރޭޝް ރާވަލް، ދިއާ މިރްޒާ، ޖިމް ސަރްބް އަދި ކަރިޝްމާ ތަންނާ ހިމެނެ އެވެ.

"ސަންޖޫ" ގެ ޕްރޮމޯ ލަވަ ދައްކައިލުމުގެ ކުރިން ވެސް މީގެ އިތުރު ލަވަތައް ވަނީ ދައްކާލައިފަ އެވެ.