ތިލަފުށި ފަޅުތެރޭގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ.
އެމީހާ މަރުވެފައިއޮއްވާ ފެނިގެން ރިޕޯޓްކޮށްފައިވަނީ ހަވީރު 5:04 ހާއިރުއެވެ.
އެނގިފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނިފައިވަނީ އެމްޓީސީސީ ޓަގް ބޯޓެއްގެ ކައްކާއެއްގެ ވަޒީފާގައި އުޅޭ ހދ. ކުޅުދުއްފުށި، ޔެލޯ ލައިޓް، އަހުމަދު މުހައްމަދު ނަމަކަށް ކިޔާ މީހެކެވެ.
"އައްޑޫލައިވް" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމްޓީސީސީ ތިލަފުށި ސައިޓްގެ ތޮށިގަނޑު ކައިރީ މޫދަށް ވެއްޓިގެން ޙަރަކާތް ހުއްޓިފައިވަނިކޮށް އައިޖީއެމްއެޗް އަށް ގެންގޮސް ބަލާ ޗެކްކުރި އިރު އަހުމަދު މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ޔަޤީންކޮށްދެއްވާފަ އެވެ.