Last Updated: May 15, 20:12
Thursday, May 15, 2025
ޚަބަރު

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައިފި

އައްޑޫ ސިޓީ، ހަންކެޑެ ބްރިޖް ހިސާބުގައި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ހަންކެނޑެ ބްރިޖާއި ދިމާލުން ދުއްވާފައި ދިޔަ ދެ ސައިކަލެއް ޖެހިގެންނެވެ.

އެކްސިޑެންޓްގައި އަނިޔާވި މީހަކު 'އައްޑޫލައިވް' އާއި ވާހަކަ ދަމުން ބުނީ، އެކްސިޑެންޓް ހިނގާފައި ވަނީ ދެ އަންހެނުން ދުއްވާފައި ދިޔަ ސައިކަލު ކުއްލިއަކަށް އަނބުރާލުމުން ކަމަށެވެ.

އެކްސިޑެންޓްވި އިރު ދެ ސައިކަލުގައި ހަތަރު މީހުން ތިބިއެވެ. އެހެން ނަމަވެސް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ދެ އަންހެނަކާއި ފިރިހެނެކެވެ.

އަނިޔާވި ތިން މީހުންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލާފައެވެ. ހޮސްޕިޓަލުން ބުނީ އެކްސިޑެންޓްވި މީހުންގެ ހަށިގަނޑުން ތަންތަން މަށައިގެން ދިޔުން ފިޔަވައި އިތުރު ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.